Sunday, April 20, 2014







އެންމެން ރުއްސަން އުޅުނު ދެމަފިރިންގެ ވާހަކަ ދައްކުވައިދޭ ކުރެހުމެއް( ހަވީރު ނޫހުން ނަގާފައިވާ ކުރެހުމަކާއި ލިއުމެއް)

އެންމެން ރުއްސަން އުޅުނު މީހާގެ ވާހަކަ. ހިމާރު މަތީގައި ދެމަފިރިން ދަތުރުކުރާތީ ބުނީ ނިކަމެތި ހިމާރެއްގެ މަތީ ދަތުރުކުރަން އެ ދެ މީހުން ލަދު ނުގަނޭތޯ އެވެ. ފިރިމީހާ ހިމާރަށް ސަވާރުވެ އަންހެން މީހާ ފައި މަގުގައި ދާން ފެށުމުން ބުނީ ނިކަމެތި އަންހެނަކު ފައިމަގުގައި ހިންގުވާފައި ބޮޑު ފިރިހެނަކު ހިމާރަށް ސަވާރުވެ އިންނަން ކެރޭތޯ އެވެ. ދެން ހިމާރަށް ސަވާރުވީ އަންހެން މީހާ އެވެ. އެހެން ހެދުމުން ބުނަން ފެށީ އަނބިމީހާ އެހާ އަރާމުގައި ގެންދާނީ މޮޔަ ފިރިހެނެއް ކަމަށެވެ. ހެޔޮ އެއްގޮތެއް ވެސް ނެތިގެން ދެމަފިރިން ފައި މަގުގައި ހިމާރާ އެކު ދާން ފެށުމުން އެ ދެ މީހުން ހެދީ މޮޔައިންނަށެވެ. ހިމާރެއްގެ ބޭނުންކުރަން އެ ދެ މީހުންނަށް ނޭނގޭ ކަމަށް ބުންޏެވެ.

No comments:

Post a Comment