Saturday, April 19, 2014






ސިއްރު ސިއްރުން ދުނިޔެ ގޫގުލްގެ މުށުތެރެއަށް
April 19, 2014 on 08:04:58
ގޫގުލްއަކީ މިހާރު ދުނިޔޭގައިވާ ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ބާރެވެއަދި ޓެކްނޮލޮޖީގެ އެންމެ ނުފޫޒުގަދަ އެއް ކުންފުންޏެވެ. ޓެކްނޮލުޖީގެ އެކި ދިމާލުގައި ގޫގުލް މިހާރު ވަނީ ވަކި ހިއްޕާލާފައެވެ. ވަކިން ހާއްސަކޮށް އިންޓަނެޓްގައެވެ. މީގެ އިތުރުން އާޓިފިސިއަލް އިންޓެލިޖެން އާއި މޯބައިލް ޕްލެޓްފޯމު ގައިވެސް ގޫގުލްގެ ނުފޫޒު ވަކި ކުޑައެއް ނޫނެވެ. މިގޮތުން ގޫގުލްގެ ބާރު އަންދާޒާ ކޮއްލުމުގެ ގޮތުން މި ކުންފުނީގެ އެކި ޕްރޮޖެކްޓް ތަކަށް ބަލާލަމާ ހިގާށެވެ.
މޯބައިލް ފޯން
އެންޑްރޮއިޑު އޮޕަރޭޓިން ސިސްޓަމަކީ މިހާރު އެންމެ މަގުބޫލް މޯބައިލް ޕްލެޓްފޯމެވެ. ގޫގުލްގެ ހިސާބުތަށް ބުނާ ގޮތުން 900 މިލިޔަންއަށް ވުރެ ގިން އެންޑްރޮއިޑް އާލާތްތައް ވަނީ އެކްޓިވޭޓް ކޮއްފައެވެ. މި އޮޕަރޭޓިން ސިސްޓަމް ހާއްސަ ކޮެއްފައި ވަނީ ގޫގުލްގެ ހިދުމަށްތަކަށެވެ. އެގޮތުން ޖީމެއިލް، ގޫގުލް ޑްރައިވް، ގޫގުލް މެޕްސް އަދި ގޫގުލް ނައު ފަދަ ހިދުމަށްތަށް ފާހަގަ ކޮއްލަންޖެހެއެވެ.
ދެން އެންމެ ބޮޑު މޯބައިލް ޕްލެޓްފޯމް ކަމުގައިވާ އެޕަލްގެ އައި.އޯ.އެސް ގައި ވެސް ގޫގުލްއިން ވަނީ މި ހިދުމަތްތައް ތައާރަފް ކޮއްފައެވެ. އެޕަލް ގެންގުޅޭ ގިނަ ފަރާއްތަކުން ގޫގުލްގެ ޚިދުމަތްތަކާއި ދޯޅުވަމުން ދާތީ އެކަމާ އެޕަލްއިން ވެސް ކަންބޮޑުވެއެވެ. އެގޮތުން ގޫގުލް މެޕްސްގެ ބަދަލުގައި އެޕަލް މެޕްސް ހަދައި ގޫގުލް މެޕްސް އެޕްސްޓޯއިން ނެގިއެވެ. ނަމަވެސް އެޕަލް މެޕްސްއަށް ލިބުނު ފާޑުކިޔުން ތަކާއެކު މަޖުބޫރުވީ އަލުން ގޫގުލް މެޕްސް ގެންނާށެވެ. ޔޫޓިއުބް އެޕް، ގޫގުލް ކްރޯމްފަދަ އެޕްތަކަކީ އައި.އޯ.އެސްގައި މަގުބޫލް އެޕްތަކެކެވެ.
ގޫގުލް އެކްސް
މިއީ ގޫގުލްގެ އާއުފެއްދުންތަށް ފެށިގެން އަންނަ ތަނެވެ. ގޫގުލްގެ އާއުފެއްދުންތަކަށް ހާއްސަ ސިއްރު ލެބުން ވަނީ އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަށް އެކި ސިފަސިފާގަައި މަސައްކަތް ކުރަމުންނެވެ. އެގޮތުންއަމިއްލައަށް ދުވާ ކާރުން ފެށިގެން ގޮސް ގޫގުލް ގްލާސްވެސް ވަނީ އުފައްދާފައެވެ. މިއީ ޒަމާނަށްވެރެ ކުރީގައި އުޅޭކަހަލަ ޓެކްނޮލްޖީތަކެވެ.
އިންޓަނެޓްގައި ގޫގުލްގެ ނުފޫޒު
ގޫގޫލްގެ ޖީމެއިލް، ގޫގުލް ޕްލަސް، އެޑްވަރޑްސް، އެޑްސަންސް ފަދަ ހިދުމަތްތަކުން އެކި މީހުންގެ ބޭނުންތަކާ އެއްގޮތަށް އިސްތިހާރު ކުރުމަށް ބޭނުންވާ ފަރާތްކަށް ވަނީ ހުޅުވިފައެވެ. ގޫގުލް ޓްރާސްލޭޓް، ބުކްސް، އަދި ގޫގުލްމެޕްސް ފަދަ ހިދުމަތްތަކަކީ ގޫގުލްގެ ބާރު އިންޓަޏެޓްގައި އޮތްވަރު އަންދާޒާ ކޮއްލެވޭނެ މިސާލުތަކެވެ. މިހިސާބުން ނިމުނީއެއްނުނެވެ. އެންމެ ބޮޑު ބްލޮގިން ޕްލެޓްފޯމް ބްލޮގަރ، ޕިކާސާ، އަދި ޔޫޓިއުބަކީވެސް ގޫގުލްގެ މުދަލެވެ.
ރޮބަޓްސް
ވަރަށް ފަހަކުން ގޫގުލްއިން ވަނީ އެޑްވާސް ރޮބަޓްސް ކުންފުއްޔެއްކަމައްވާބޮސްޓަން ޑައިންމިކްސްގަނެފައެވެ. މިކުންފުންޏަކީ އިންސާނުންނާ އެއްގޮތަށް ރޮބަޓް އެމެރިކާ ސިފައިންގެ ބޭނުމަށް އުފައްދާ ބައެކެވެ. މިކުންފުނީގެ މަސްހޫރު އުފެއްދުންތަކުގެ ތެރޭގައި ބިގް ޑޯގްގެ ނަމުން ނަން ދެވިފައިވާ ރޮބަޓް ހިމެނެއެވެ. މިރޮބަޓަކީ ބަރުދަނުގައި 109 ކިލޯ ހުންނަ، 155 ކިލޯގެ ބަރުދަނުގެ ސާމާނު އުފުލުމުގެ ގާބިލްކަން ލިބިފައިވުމުގެ އިތުރުން ދުނިޔޭގެ އެންމެ ހަލުވި ދުވުންތެރިޔާއަށް ވުރެ ބާރަށް ދުވުމުގެ ގާބިލްކަން ލިބިފައިވާ ރޮބަޓެކެވެ. މިއީ ގޫގުލްއިން ގަނެފައިވާ އަށްވަނަ ރޮބަޓް ކުންފުންޏެވެ.
ގޫގުލް ގޭ ތެރެއަށް
ދާދި ފަހުން ގޫގުލްްއިން ވަނީ ގޭތެރެ އޮޓޮމޭޓް ކުރުމަށް ހާއްސަ ކުންފުންޔެއް ކަމަށްވާނެސްޓް” 3.2 ބިލިޔަން ޑޮލަރަށް ގަނެފައެވެ. މި ކުންފުނީގެ އާލާއްތަށް ހާއްސް ވަނީ ތާމޯސްޓެޓް އަދި ސްމޯކް އެލާމް ފަދަ ޑިވައިސްތަށް ރެގިއުލޭޓް ކުރާށެވެ. މިއީ ގޫގުލްއިން މުސްތަގުބަލުގައި ގުޅާލެވިފައިވާ ގެތަކުގެ ނިޒާމެއް އުފައްދާ ކޮންޓޯލު ކުރުމަށް އެޅި ފިޔަވަޅަކަށް ވުން އެކަށީގެންވެއެވެ.
މިހިމަނާލި ކަންތައްތަކުގެ އިތުން ވެސް ގޫގުލްގެ ކޮންޓެކް ލެންސް ފަދަ ޕްރޮޖެކްޓްތަކާއި ގޫގުލް ޓީވީ އަދި ކްރޯމްކާސްޓް ބޭނުން ކޮއްގެން ޓީވީ ގެ ވިޔަފާރިއަށް ވަނުމައްވެސް ގޫގުލްްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މިހާރުން މިހާރަށް ބޭނުންވާނެ ހިދުމަށް ތަކުގެ އިތުރުން ގޫގުލް ސިފަވަނީ ކުރިމަގަށް ބޭނުންވާނެ ކަމަށް ލަފާކޮށް ބޭނުންވެދާނެ ހިދުމަށްތަކަށް ތައްޔާރުވާ ކުންފުންޏެއް ގޮތުގައެވެ. މީގެ ސަބަބުން އެހެން ކުންފުނިތަކަށް ގޫގުލްއާ ފައިހަމަ ކުރުން ވެގެންދާނީ އުދަނގޫ ކަމަކަށެވެ. ކުރިމަގުގައި ޓެކްނޮލޮޖީގެ ކޮންޓްރޯލް އަދި އިންޓަނެޓްގެ ކޮންޓްރޯލް ގޫގުލްގެ އަތް ދަށަށް ދިއުމަކީ ވަރަށް އެކަށިގެންވާ ކަމެެވެ. މިހާ ބޮޑު ކޮންޓޮރޯލަކާ ބާރެށް އެއް ކުންފުންޏެއްގެ އަތްދަށުގެ އޮތުން ރައްކާތެރިތޯއެވެ
ބަވަނަ ވަމުންދާ ދުނިޔޭގެ ކޮންމެ ކަމެއް ޓެކްނޮލޮޖީ އާއި ނުލާ ފުއްދާލެވެން ނެއްއިރު ގޫގުލްގެ އަމަލުތައް މިހާރު އެހުރީ ޓެކްނޮލޮޖީގެ ތެރެއިން މުޅި ދުނިޔެ މުށުތެރެއަށް ލާ މުޅި ދުނިޔޭގެ ކޮންޓްރޯލް ހޯދަން ކަމަށް ކުންފުނި ބިޔަވަމުންދާ ވަރުން ޝައްކު ކުރެވެއެވެ.

No comments:

Post a Comment