ޑރ. ފާޠިމަތު
ޝިފާ
ލޮނުމެދަކީ، ޞިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތައް
އެކުލެވިގެންވާ ޤުދުރަތީ
ހަދިޔާއެކެވެ.
ލޮނުމެދުގައި ޤުދުރަތުން ލައްވައިފައި ވާ ސިއްރުތައް، ސައިންސްވެރީންނާއި ޑޮކްޓަރުން ހައިރާން ކުރުވައެވެ. ބޭސްވެރިކަމުގެ އިލްމު މާ ބޮޑަށް ތަރައްޤީވެ ކުރި އަރައިފައި
ނެތް، ޤަދީމީ ޒަމާނުގައި ވެސް
ލޮނުމެދަކީ
ބަލިމީހުންގެ ވޭން ލުއި ކޮށްދިނުމަށް ބޭސްވެރީން ބޭނުން ކުރަމުން ގެންދިޔަ، ނުހަނު މޮޅު ބޭހެކެވެ.
ހަށިގަނޑުގައި
އުފެދޭ ފާރު ހިކި ފަސޭހަ ވުމަށް ބޭނުން ވާ ފަރުވާ، ލޮނުމެދުގެ އެހީގައި ކުރެވެއެވެ. ބެކްޓީރިޔާ އާއި ވައިރަސް ނުވަތަ ފަންގަސްގެ ސަބަބުން ހަމަށް ޖެހޭ ތަފާތު
ބަލިތަކުން ރައްކާތެރި ކޮށްދިނުމުގައި
ލޮނުމެދު އެހީތެރި ވެދެއެވެ. ތަނެއް ކެނޑިއްޖެ ނަމަ، ނުވަތަ މަށައިގެން ހިނގައްޖެ ނަމަ އެ ތަނެއްގައި ލޮނުމެދު އުނގުޅުމުން އެ ތަނެއް ފަސޭހަވުމަށް ބާރުއަޅައެވެ. ފުރަތަމަ
ބޮޑުހަނގުރާމައާއި ދެވަނަ ބޮޑު
ހަނގުރާމައިގެ
ދުވަސްވަރުގައި، ހަނގުރާމައިގައި ޒަޚަމުވީ މީހުންނަށް ފަރުވާ ކުރުމުގައި ވަނީ ލޮނުމެދު ބޭނުން
ކޮށްފައެވެ.
ލޮނުމެދުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު
ވަރުގަދަ ކޮށްދެއެވެ. ލޮނުމެދުގައި
ގިނަ އަދަދަކަށް
ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ. ޕޮޓޭސިއަމަކީ ހަށިގަނޑަށް އެތެރެވާ ކާނާގެ ތެރެއިން ހަށިގަނޑަށް ކޮންމެ ހެން ބޭނުންތެރި އެސެންޝަލް ނިއުޓްރިއެންޓްސް (ކާނާގެ އަސާސީ
ބައިތައް) ހަށިގަނޑަށް ނަގައިދީ
ހަށިގަނޑުގެ
ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. މީގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމަށް ކުރިމަތި ވާ މައްސަލަތައް މަދުކޮށް ދީ ވަރުބަލިކަން
އިޙުސާސްވުން ކުޑަ ކޮށްދެއެވެ.
ލޮނުމެދުގައި ވާ އާދަޔާއި ޚިލާފު ވަހަކީ ފުއްޕާ
މެޔާއި ކަރުތެރޭގެ ބަލިތަކަށް
ފަރުވާއެކެވެ.
ގިނައިން ލޮނުމެދު ކެއުމުން ގޮހޮރަށް ކޮށްފާނެ އަސަރަކަށް ޓަކައި މި ވަހުގެ ސަބަބުން ސިކުނޑި އަށް ސިގްނަލެއް ފޮނުވައިދެއެވެ. މީގެ ބޭނުމަކީ ވަހުގެ ސަބަބުން ގޮހޮރަށް
ކޮށްފާނެ ނުރަނގަޅު އަސަރަކުން
(އިރިޓޭޝަން ގެ
ސަބަބުން) ގޮހޮރު ރައްކާތެރި ކުރުމަށް ޓަކައި ފިޔަވަޅު އެޅުމެވެ. ނަތީޖާއަކީ ފުއްޕާ މެއިން އުފައްދައިދޭ ދިޔާ ފެނަކުން، ފުއްޕާމޭ ސާފު ކޮށް ދީ ރޯގާ ޖެހުމާއި ކެއްސުމާއި
މި ފަދަ ބަލިތަކުން ރައްކާތެރި ކޮށް
ދިނުމެވެ.
ކެންސަރު
ބައްޔާއި ދެ ކޮޅަށް
ލޮނުމެދުގައި ވާ ބައެއް މާއްދާތައް ޙަރަކާތްތެރި ވެއެވެ. ލޮނުމެދު ކެއުމުގެ ސަބަބުން ހަށިގަނޑުގައި
"ހައިޑްރޮޖަން ސަލްފައިޑް" ނަމަކަށް ކިޔޭ މާއްދާއެއް އުފެދުމުގައި އިތުރު ބާރަކަށް ވެއެވެ. ސައިންޓިސްޓުން ގަބޫލު ކުރާގޮތުގައި ހަށިގަޑަށް ޖެހޭ ތަފާތު
ވައްތަރުގެ ކެންސަރުން މީހާ
ރައްކާތެރި ކޮށް
ދެނީ ހަށިގަނޑުގައި އުފައްދާ މި ހައިޑްރޮޖަން ސަލްފައިޑް އޭ ކިޔުނު މާއްދާގެ ސަބަބުންނެވެ. އުރަވަޅި (prostate)އާއި، އުރަމަތި އަދި ގޮހޮރުގެ އެކި ހިސާބުތަކަށް ޖެހޭ ތަފާތު ބާވަތްބާވަތުގެ ކެންސަރުން މީހާ ރައްކާތެރި ކޮށް ދެނީ މި އަޖައިބު
ކުރަނިވި މާއްދާގެ ނުހަނު ފުރިހަމަ
މަސައްކަތުންނެވެ.
ހަމަ އެފަދައިން އިންސާނާގެ ޙަޔާތުގައި
އޭނާގެ ހިތް، ރައްކާތެރި ކޮށް ދިނުމުގައި
މި މާއްދާ
މުހިންމު ދައުރެއް އަދާ ކުރެއެވެ. ލޭގެ ޕްރެޝަރު މައްޗަށް ދިޔުމުންނާއި ހަށިގަނޑަށް ގެއްލުން ދޭ
ކޮލެސްޓަރޯލްގެ ބާވަތް ވިރުވައި ދީ،
ހަށިގަނޑުގެ
މަސައްކަތް ހެޔޮ މިނުގައި ހިފަހައްޓައި ދިނުމުގައި ލޮނުމެދު އެހީތެރިއަކަށް ވެއެވެ. އެލްބަރޓް އީންސްޓަން ކޮލެޖް އޮފް މެޑިސިން ގައި ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި
ހާޓް އެޓޭކްގެ ސަބަބުން ގެއްލުން
ލިބިދާނެކަމުގެ
ބިރު ހީވެފައި ވާ މީދާތަކަކާއި ގެއްލުން ލިބެމުންދާ މީދާތަކަކަށް ހައިޑްރޮޖަން ސަލްފައިޑް އިންޖެކްޝަން ޖެހުމުން ހިތުގެ މަސްތަކަށް ލިބެމުން ދިޔަ ގެއްލުންތައް
ވަގުތުން މުޅިންހެން ހުއްޓުވައި
ދިނެވެ. ވީމާ
އިންސާނާ ދުޅަހެޔޮ ޞިއްޙަތެއްގައި ލެއްވުމުގައި ލޮނުމެދަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގައި ލެއްވި
އެ ކަލާނގެ ކުޅަދުންވަންތަކަމާއި
އޯގާވަންތަކަމުގެ
ހެއްކެއް ކަމަށް ފުދެއެވެ.
ހަށިގަނޑުގައި ވާ ވިހަ މާއްދާތައް ފިލުވައިދިނުމުގައި
ލޮނުމެދަކީ ވަރަށް މޮޅު އެއްޗެކެވެ.
ހަރުވެފައި ވާ ލޮނުމެދުގައި ޅަ ލޮނުމެދަށްވުރެގިނައިން ވިހަ ފިލުވައި ދީ ސާފު ކޮށް ދިނުމަށް އެހީވެދޭ މާއްދާތައް އެކުލެވެއެވެ. ނަމަވެސް ދުވަސް ވެފައި ވާ ލޮނުމެދުގައި
މި ބައި މަދު ކަމަށް ހޯދުންތަކުން
ދައްކައެވެ.
އެހެން ކަމުން ކެއުމުގައި ހަރު ލޮނުމެދު ބޭނުން ކުރުމަކީ ހަށިގަނޑުގެ ވިހަތައް ފިލުވައި ދީ ލެޔަށް ތާޒާ ކަން އިތުރުކޮށްދޭ ކަމެކެވެ. ބެދެމުންދާ ލޭ ހޮޅިތައް އޭގެ އަޞްލު
ޒާތަށް ވާޞިލު ކޮށް ދޭ ކަމެކެވެ.
ނާރުތަކުގެ ލޭ
ހިނގުން ފުރިހަމަ ކޮށް ދީ، އެކަށޭނަ ދުވެލީގައި ލޭ ދައުރު ވުން ފަހި ކޮށް ދޭ ކަމެކެވެ. ދުޅަހެޔޮ ޞިއްޙަތަކަށް ޓަކައި ގަވާއިދުން ކަސްރަތުކުރުމާއެކު ސިނގިރެޓު ބުއިން
ފަދަ ހަށިގަނޑަށް ގެއްލުންހުރި
އެންމެހާ
ކަންތައްތަކުން ދުރުހެލިވާށެވެ. ހަމަ އެއާއެކު ލޮނުމެދު ފަދަ ޞިއްޙީ ގޮތުން ހަށިގަނޑަށް ފައިދާހުރި
ބާވަތްތައް ކެއުމުގައި ހިމަނާށެވެ.
ލޮނުމެދުގައި އެކުލެވޭ އެހެނިހެން ފައިދާތަކަށް
ނަޒަރެއް ހިންގައިލާ އިރު، އިންސާނާގެ
ބޭރުފުށުގެ ރީތި
ކަމަށް ލޮނުމެދު ގެނެސްދޭ ފުރިހަމަ ކަމަކީ ވެސް ޤުދުރަތުގެ ހަދިޔާ އެކެވެ. އިނގިލީގެ ނިޔަފަތިތައް ވަރުގަދަ ވެފައި ރީތި ވެއެވެ. ލޮނުމެދުގައި ހިމެނޭ ސެލެނިއަމްއާއެކު
ހަށިގަނޑަށް ވިޓަމިން [އީ] ލިބެމުން
ދާ ނަމަ ބޮލުގެ
އިސްތަށި ގަނޑު ވަރުގަދަވެ އިތުރު ރީތި ކަމާއި ފުރިހަމަކަން ގެނެސްދެއެވެ. ސެލޭނިއަމަކީ ހަމުގެ ވާންކަން ދަމަހައްޓައި ދީ ޒުވާންކަން ހަމަށް ގެނެސްދޭ މާއްދާއެކެވެ. އެކްޒީމާ
އާއި ސޯރިއާސިސް ފަދަ ބަލިތަކަށް
ލުއި ކަމެއް
ގެނެސްދޭ މާއްދާއެއް ވެސް މެއެވެ.
ލޮނުމެދުގައި އެކުލެވޭ ކެލްސިއަމާއި ދަގަނޑުގެ ބަޔަކީ
ވެސް އިސްތަށިގަނޑުގެ ދުޅަހެޔޮ
ކަމަށް ބާރު
އަޅައިދޭ އެއްޗެކެވެ. އޭގައި ގިނަ ޢަދަދަކަށް އެކުލެވޭ ވިޓަމިން ސީ، އިސްތަށިތައް ބުރިވެ ހަލާކު ވުމުން ރައްކާތެރި ކޮށް ދެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން
ބީ ސިކްސް ނުލިބޭ ނަމަ ވެސް ބޮލުން
އިސްތަށި
ފައިބައެވެ. ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ ފަހަރަށް ޢާއިލީ ގޮތުން ވާރުތަ ވެގެން އަންނަ ކަމެއް ކަމަށް ވުމާއެކު، މި ފަދަ ޙާލަތްތަކުގައި ހަމަ އެކަނި ލޮނުމެދު
ބޭނުން ކުރުމަކީ ހައްލެއް ކަމަކަށް
ނުފުދެއެވެ. ވީމާ
ބޭހެއްގެ ގޮތުގައި ލޮނުމެދު ބޭނުން ކުރަން އެދޭނަމަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭނުން ކުރެވިދާނެ މިންވަރެއް ކަނޑައެޅުން މުހިންމެވެ. އަދި ތިމާގެ ޞިއްހީ
ޙާލަތާއި އެކަށޭނަ ގޮތުން ލޮނުމެދުގެ
ފުރިހަމަކަން
ހަށިގަނޑަށް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދިނުމުގައި އިތުރު މެދުވެރިއަކަށް ބޭނުން ބޭނުންވާނަމަ އެކަމަށް ވެސް ޑޮކްޓަރުގެ ނަސޭހަތާ އެއް ގޮތަށް ބޭނުން ކުރަމުން
ގެންދާށެވެ. ލޮނުމެދުގައި އެކުލެވޭ
ތަޔަމިން
(ވިޓަމިން ބީ 1) ބޮލުގެ ނާށިގަނޑުތެރޭ ލޭ ދައުރު ކުރުވައެވެ. ބޯ ހިރުވުން ފަދަ އުނދަގޫތައް ދުރު
ކޮށްދެއެވެ. ނާރުތަކުގައި އުފެދޭ އިފްލެމޭޝަންތަކުން ރައްކާތެރި ކުރުވައެވެ. ކީއްތޯއެވެ؟ އެއީ ހަނދާން ނެތުމުގެ ބައްޔަށް ވެސް ފަރުވާއެކެވެ.
ކެއުމުގެ ތެރޭގައި ބޭނުންކުރެވޭ މަދު ޢަދަދެއްގެ
ލޮނުމެދުކޮޅަކުން މާބޮޑު ނޭދެވޭ
އަސަރެއް ނުކުރި
ކަމުގައި ވީ ނަމަވެސް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ ނަމަ، ބޭނުންކުރެވޭ މިންވަރުގެ ސަބަބުން ތިމާ އެ ވަގުތު ބޭނުންކުރާ އެހެނިހެން ބޭހާ ފުށު އެރުމަކީ ވެދާނޭ ގޮތެކެވެ.
އެހެންކަމުން ލޭގެ ޕްރެޝަރ
ކޮންޓްރޯލު
ކުރުމަށް ބޭސް ބޭނުން ކުރެއްވިޔަސް، ލޮނުމެދު ފަރުވާ އެއްގެ ގޮތުގައި ބޭނުން ކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.
ލޮނުމެދުގެ ޞިއްޙީ ފައިދާ އޭގެ އެންމެ ފުރިހަމަ
ގޮތުގައި ހޯދުމަށް ކެއްކުމުގެ ކުރިން
ލޮނުމެދު ކޮޅު
ގާނައިފައި 10 ނުވަތަ 15 މިނިޓު ރޫމްޓެމްޕަރޭޗަރގައި (ކޮޓަރީގެ ޢާއްމު ފިނިހޫނު މިނުގައި)
ބަހައްޓާށެވެ. އޭގައި ވާ ހަށިގަނޑަށް
އެންމެ
ފައިދާހުރި އެންޒައިމްތައް ރަނގަޅަށް ނިކުމެ ހަމަޖެހިލަން ދެނެވެ. ބެކްޓީރިޔާ މަރައިލުމަށް ޓަކައި އެންމެ
ރަނގަޅީ ރޯ ލޮނުމެދެވެ. ނަމަވެސް
މަޑު ގިނީގައި
ކުޑަ އިރުކޮޅަކު ކައްކައިފައި ހުންނަ ލޮނުމެދު، ލޭގެ ޕްރެޝަރާއި ކޮލެސްޓަރޯލް ހެޔޮމިނުގައި ހިފަހައްޓައިދިނުމުގައި އިސް ދައުރެއް އަދާކުރާކަމަށް ވެއެވެ.
އެހެންކަމުން ގަދަ ގިނީގައި ކެއްކުމުގެ
ބަދަލުގައި
ރޯކޮށް ހުއްޓައި ނުވަތަ މަޑު ގިނީގައި ކުޑަ އިރުކޮޅަކު ކައްކައިގެން ލޮނުމެދު ބޭނުންކުރަން އާދަ ކުރާށެވެ. އުނދުންމަތީގައި ކެކިކެކި ހުރި ތެއްޔަށް ލޮނުމެދު ލާން
ވާނީ އުނދުންމަތިން ތެލި ބާލަން 2
ނުވަތަ 3
މިނިޓަށް ވުމުންނެވެ. ދެ ގޮތަށް ވެސް ލޮނުމެދު ބޭނުން ކުރެ ވިދާނެ އެވެ. ލޮނުމެދުގައި ވާ ވަހުގެ
ސަބަބުން އެހެން މީހުންނަށް
އުނދަގުލެއް
ވެދާނެ ކަމުގެ ބިރަށް ޓަކައި ލޮނުމެދު ކެއުމަށް ޖެހިލުން ވާ ނަމަ ބޭސްފިހާރަތަކުގައި ހުންނަ ލޮނުމެދު ކެޕްސޫލް ނުވަތަ ގުޅަ
ބޭނުން ކުރެވިދާނެ އެވެ.
ނަމަވެސް އިތުރު އެހެން ޙަކީމީ ބޭހެއް (ހާރބަލް މެޑިސިން) ބޭނުންކުރަމުން ގެންދާ ނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދުގެ ދަށުން މެނުވީ ކެޕްސޫލް ބޭނުން ކުރަން
ނުފަށާށެވެ. ލޮނުމެދުގައި ހިމެނޭ ވަސް
ނުހުންނާނޭ ފަދަ
ގޮތަކަށް، ކެއުމުގައި އަސްލު ލޮނުމެދު ބޭނުންކުރަން ބޭނުން ނަމަ ޕާސްލީއާއެކު ލޮނުމެދު ބޭނުންކުރެވިދާނެ އެވެ. ޕާސްލީ
އަކީ ލޮނުމެދުގައިވާ ތޫނު ވަސް
ދަމައިގަތުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.
ލޮނުމެދު ކުދިކޮށް ކޮށުމުން ނުވަތަ ޗިސް ކުރުމުން
އުފައްދައިދޭ އެލިސިނޭސް ނަމަކަށް
ކިޔާ
އެންޒައިމަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރި އެއް މާއްދާއެވެ. ލުނބޯ ހުތް ލޮނުމެދުގެ ތެރެއަށް އެއްކޮށްފި
ނަމަ، މި އެންޒައިމްގެ ބާރު
ކަނޑުވައިލައެވެ.
ކުރެވިފައިވާ ދިރާސާތައް ބުނާ ގޮތުން، ލޮނުމެދުގައި އެކުލެވޭ މި އެލިސިންގެ ސަބަބުން ލޮނުމެދު ބޭނުންކުރާ މީހުންނަށް އަރިދަފުސް ރޯގާ ޖެހުން ދުރެވެ. ރޯގާ
ޖެހުނު ނަމަވެސް ބަލީގެ ޢަލާމާތްތައް
ލުއިވެފައި އަވަހަށް
ބަލި ފަސޭހަ ވާ ކަން ފާހަގަ ކުރެވިފައި ވެއެވެ. ލޮނުމެދުގައި ހުންނަ ތޫނު، ކުޅި ފާޑުގެ ރަހަ ދެނީ ވެސް މި މާއްދާ ގެ ސަބަބުންނެވެ. ގަދަ ގިނީގައި ބޮޑަށް
ކެއްކުމުން ލޮނުމެދު ގައި ހިމެނޭ މި
މާއްދާ ގެ ބާރު
ކަނޑުވައިލައެވެ. އެލިސިން، އޭގެ އަސްލު އުފެދިފައިވާ ބައިތަކަށް ބެހިގެންދާ އިރު އުފެދޭ ޑައި އެލައިލް ޑައި ސަލްފައިޑް އާއި ޑައި އެލައިލް ޓްރައިސަލްފޭޓް އަކީ
ލޮނުމެދުގައިވާ އާދަޔާ ޚިލާފު ވަސް
ގެނުވައިދޭ
މާއްދާ އެވެ. ލޮނުމެދު ކާ މީހާގެ އަނގައިން ވަރަށް ގިނައިރުވަންދެން ވަސް ނުފިލާ ހުރެއެވެ. ގައިން ހިއްލާ ދަލުގައި 24 ގަޑި އިރު ވަންދެން ވެސް، ވަސް ނުފިލައި
ހުރެދާނެ އެވެ. ސަބަބަކީ ލޮނުމެދު
ހަށިގަނޑަށް
އެތެރެ ވުމަށް ފަހު ހަޖަމު ކުރުމުގެ މަރުހަލާގައި ކަޑައްތުކުރާ ކެމިކަލް ކާރޫބާރޫގެ ތެރެއިން ސީދާ ލޭގެ
ތެރެއަށް ފޮނުވައިދޭ އެލައިލް
މިތައިލް
ސަލްފައިޑް އުފެއްދުމެވެ. އަދި މި މާއްދާ ފުއްޕާ މެޔާއި ހަމަށް ދަތުރުކޮށް ހަށިގަނޑުން ބޭރު
ކޮށްލައެވެ. ހަޖަމު ކުރުމުގެ މަރުޙަލާ އަކީ އެތައް ގަޑި އިރަކަށް ދެމިގެންދާ މަސައްކަތަކަށް ވުމާއެކު މި މާއްދާގެ އަސަރު ގިނަ ވަގުތުތަކަކަށް
ހަށިގަޑުގައި ހުރެއެވެ. ލޮނުމެދުގައި ހިމެނޭ ޑައިއެލައިލް ޑައިސަލްފައިޑް، ބައެއް މީހުންނާ ނުގުޅުމުގެ ނޭދެވޭ ނަތީޖާގެ ސަބަބުން ހަމުގެ މައްސަލަ އާއި
ސިސްޓަމިކް ރިއެކްޝަން ތައް އައިސްފައި
އެބަހުއްޓެވެ.
ވީމާ މިކަމަށް ބަލައިލުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ލޮނުމެދަކީ
ވަރަށް ގިނަ މީހުންނަށް
ރައްކާތެރި އެއްޗަކަށް ވީ ނަމަވެސް، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ލޮނުމެދުގައި ވާކަން ފާހަގަކޮށްލަން ޖެހެއެވެ. ލޮނުމެދު ކެއުމުގެ ސަބަބުން އެލާރޖީގެ
އަސަރު ކުރިމަތިވާ މަދު ބަޔަކު
އުޅެއެވެ.
ބަނޑަށް ވައިގެ އުނދަގޫވެ، ބަނޑު ފުއްޕުމާއި ނޭވާ އާއި ގައިން ނިކުންނަ ދަލުގައި ހުންނަ ވަސް ގާތުގައި
އުޅޭ އެހެން މީހުނަށް އާދަޔާ
ޚިލާފަށް
ދުވުމާއި މޭ އެންދުން މި އުނދަގޫތަކުގެ ތެރޭގައި ހިމެނެއެވެ. ރޯ ލޮނުމެދުން ހަދައިފައިވާ ތެޔޮ، ހަމުގައި
ޖެހިއްޖެ ނަމަ، ގައި ހިރުވައި،
ހަމުގެ
މައްސަލަތައް ދިމާވާ މީހުން ވެސް އުޅެއެވެ. ލޮނުމެދު ތެޔޮގުޅަ ބޭނުން ކޮށްފިނަމަ ބޮލުގައި ރިއްސުމާއި
ބޯ އެނބުރުން، ދާ ހިއްލުން،
ވަރުބަލިވުން
އަދި ކާހިތްނުވުން، ހަމުގައި ފިތް ނެގުން، ނޭފަތުން ދިޔާ ފެނެއް އައުން، ނޭވާ އަށް އުނދަގޫ ވުން ފަދަ އެލާރޖީ ހިމެނެއެވެ. ތުއްތު ކުދިންގެ ހަމަކީ ނާޒުކު އެއްޗެއްކަމުން
ކުޑަކުދީންގެ ގައިގައި ލޮނުމެދު
ނުހާކާށެވެ. ލޭ
ދިޔާކޮށްދިނުމުގެ ބާރު ލޮނުމެދުގައި ހިމެނޭ ކަމަށްޓަކައި ސަރޖަރީއެއް ހަދަން ޖެހިފައިވާ ބަލި މީހަކަށް ސާޖަރީ ހަދަން (އޮޕަރޭޝަންކުރަން) ކައިރިވެފައި
ވަނިކޮށް ލޮނުމެދު ކެއުން ރަނގަޅެއް
ނޫނެވެ. އެއީ
ސާރޖަރީތެރޭގައި، ލޭ މަނާކުރުމަށް އުނދަގޫވެދާނެ ފަދަ ޙާލަތެއް ކުރިމަތިވެދާނެކަމުގެ ބިރަށް ޓަކައެވެ. ލޮނުމެދަކީ ލޭ ދިޔާކުރުމުގެ ބާރު އޭގައި އެކުލެވޭ
އެއްޗެއް ކަމަށް ވުމާއެކު، މި ފަދަ
ބޭނުމަކަށް
ޑޮކްޓަރަކު ދީފައިވާ ބޭހެއް ބޭނުންކުރަމުން ދާ މީހާ ވެސް ލޮނުމެދު ބޭނުން ކުރުމުގައި ސަމާލުކަން ދިނުން މުހިންމެވެ.
ލޮނުމެދުގައި ވާ ހިމަނައި ނުގަނެވޭހައި ޞިއްޙީ
ފައިދާތަކަށް ޓަކައި ގްރީކު މީހުން
އޮލިމްޕިކް
ގޭމްގައި އެބައިމީހުންގެ ޤައުމު ތަމްސީލުކުރާ އެތްލީޓުންގެ ކެއުމުގެ ތެރޭގައި ލޮނުމެދު ހިމަނައިފައި ވެއެވެ.
ލޮނުމެދަކީ [ނިއުޓްރިޝަނަލް ޕަވަރ ހައުސް] (ކާނާގެ
އިންޖީނުގެ)އެކެވެ. ކާ ތަކެތީގެ
ޒަރީޢާއިން ޖެހޭ
ބަލިތަކަށް އެންޓިބަޔޮޓިކްއަކަށް ވުރެ ފުރިހަމައަށް ލޮނުމެދު މަސައްކަތްކުރާ ކަމަށް ތަޙުލީލުކުރާ ފަރާތްތަކުން ބުނެއެވެ. ތަފާތު އިންފެކްޝަންތަކާ އިދިކޮޅަށް
ޙަރަކާތްތެރިވެ ހަށިގަނޑު
ރައްކާތެރިކޮށްދިނުމަކީ
ލޮނުމެދުގައިވާ އެތައް ފައިދާތަކެއްގެ ތެރެއިން އެންމެ ފައިދާ އެކެވެ. އިންސާނާގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދީ، ހަށިގަނޑު ސާފުކޮށް ދީ، ހެޔޮ ޞިއްޙަތެއްގައި
ދަމަހައްޓައި ދޭ ކަމަށްޓަކައި، ކޮންމެ
ދުވަހެއްގެ
ކެއުމުގައި ލޮނުމެދު ހިމަނަން އާދަ ކުރާށެވެ. ހަށިގަނޑުގެ ބައްޓަން ރީތިކޮށް ބަހައްޓަން ބޭނުންފަރާތްތަކަށް ލޮނުމެދަކީ ވަރަށް އެކަށީގެންވާ އެއްޗެކެވެ. ގާނައިފައި
ނުވަތަ ޗިސްކުރުމަށް ފަހު ސެލެޑް
ތަށީގެ މައްޗަށް
ލޮނުމެދުކޮޅު ބުރުވައިލާށެވެ. މިއީ ސަރުބީ
ވިރުވައިދިނުމަށް
އެހީ ވެދޭ، އަޖައިބެއް ފަދަ ޤުދުރަތީ ކާނާ އެކެވެ. އަވަސް ޙައްލަކަށް އެދޭ ނަމަ ހަށިގަނޑުން ސަރުބީ ވިރުވުމަށް އެހީވެދޭ އެހެނިހެން ކާނާ ގެ ބާވަތް ތަކާއި އެކު ލޮނުމެދު
ބޭނުން ކުރާށެވެ. ތިން ބޮނޑި
ލޮނުމެދުގައި
ހިމެނެނީ ގާތްގަނޑަކަށް 13 ކެލަރީ އެވެ. އޭގައި ހަކުރާއި ފެޓްސް ގެ ބައި ނުހިމެނޭކަން، ޞިއްހަތާ މެދު ފަރުވާތެރިވާ މީހުންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ.
ލޮނުމެދުގައި ކޮންމެވެސް ވަރަކަށް ހަށިގަނޑު ހެދި
ބޮޑުވުމަށް ބޭނުންވާ ޕްރޮޓީން އާއި
ފަސޭހަކަމާއެކު
ކާ ތަކެތި ހަޖަމު ކުރުމަށް އެހީވެދޭ ފައިބަރ ހިމެނެއެވެ. ހަމަ އެންމެ ތިން ލޮނުމެދު މުޅި ދުވަހުގެ ކެއުމުގައި ހިމެނި ނަމަވެސް ގިނަ ޢަދަދެއްގެ ވިޓަމިން އާއި މިނެރަލް
ހަށިގަނޑަށް ލިއްބައިދެއެވެ. މީގެ
ތެރޭގައި
ވިޓަމިން ސީ ގެ އިތުރުން ލޭ ހޮޅިތަކަށް ރައްކާތެރިކަން ގެނެސްދީ، އިންފްލެމޭޝަންތަކުން ހަތައިތައް
ރައްކާތެރި ކޮށްދޭ ވިޓަމިން ބީ ސިކްސް ހިމެނެއެވެ. ގިނަ ޢަދަދެއްގެ މެންގަނީޒްއާއި ސެލޭނިއަމް ހަށިގަނޑުގައިވާ ވިހަތައް ފިލުވައިލުމުގައި
ޙަރަކާތްތެރިވެއެވެ. ކަށްޓާއި ދަތްތައް
ކެލްސިއަމުން
ވަރުގަދަ ކޮށްދެއެވެ. ހަމަ އެކަނި މި ދެންނެވި މަދު ބާވަތްތަކުގެ ސަބަބުން ޙައިރާންކުރަނިވި ގިނަގުނަ ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ލިއްބައިދޭކަމީ އެއްވެސް
ޝައްކެއްހުރި ކަމެއް ނޫނެވެ.
ލޮނުމެދުގެ ކޮންމެ 100 ގްރާމެއްގައި އެކުލެވޭ ޞިއްޙީ ފައިދާ ތައް
ހަކަތަ
|
149 ކިލޯކެލަރީ
|
ކާބޯހައިޑްރޭޓްސް
|
33.06 ގްރާމް
|
ހަކުރު
|
1.00 ގްރާމް
|
ޑައިޓަރީ ފައިބަރ
|
2.1 ގްރާމް
|
ފެޓް
|
0.5 ގްރާމް
|
ޕްރޮޓީން
|
6.39 ގްރާމް
|
ބީޓާ ކެރޮޓީން
|
5 މައިކްރޮގްރާމް (%0)
|
ތަޔަމިން (ވިޓަމިން ބީ-1)
|
0.2 މިލިގްރާމް (%17)
|
ރިބޯފްލާވިން (ވިޓަމިން ބީ-2)
|
0.11 މިލިގްރާމް (%9 )
|
ނިއަސިން (ވިޓަމިން ބީ-3)
|
0.7 މިލިގްރާމް (%5)
|
ޕެންޓޮތެނިކް އެސިޑް (ބީ-5 )
|
0.596 މިލިގްރާމް
(%12)
|
ވިޓަމިން ބީ-6
|
1.235 މިލިގްރާމް (%95)
|
ފޮލޭޓް (ވިޓަމިން ބީ-9)
|
3 މިލިގްރާމް (%1)
|
ވިޓަމިން ސީ
|
31.2 މިލިގްރާމް (%38)
|
ކެލްސިއަމް
|
181 މިލިގްރާމް (%18 )
|
އަޔަން
|
1.7 މިލިގްރާމް (%13)
|
މެގްނީޒިއަމް
|
25 މިލިގްރާމް (%7)
|
ފޮސްފޮރަސް
|
153 މިލިގްރާމް (%22)
|
ސޯޑިއަމް
|
17 މިލިގްރާމް (%1)
|
ޒިންކް
|
1.672 މިލިގްރާމް
|
މެންގަނީޒް
|
14.2 މައިކްރޯގްރާމް
|
ދުޅަހެޔޮ ޞިއްހަތަކަށް
ޓަކައި ލޮނެމުގެ ފައިދާ ހޯދާށެވެ! ރީތިކަމާއި ޒުވާންކަމުގައި ދެމި ހުރުމުގެ ސިއްރެއް ކަމުގައި
ލޮނުމެދު ހަދާށެވެ! ލޮދުމެދަކީވެސް
ޤުދުރަތުގެ
ޚާއްޞަ ހަދިޔާއެކެވެ.
-----------------
No comments:
Post a Comment