ޖުމްހޫރީ ދުވަސް

ތަޚުތު ހުހަށް
ހުންނަތާ ގިނަދުވަސްވާން
ފެށުމުން އެކަންކޮޅެއްގައި ޖެއްސުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައި ވިޔަސް
ޤައުމުގެ އެންމެމަތީ ވެރިއެއްގެ
މަޤާމުގައި
ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކަމުގައިވެގެން ދިއުމެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1
ޖެނުއަރީ 1953ގައެވެ. ނަމަވެސް މި
ޖުމްހޫރިއްޔާ
ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ. އަނެއްކާވެސް ދިވެހިންނަށް ކަމުދިޔައީ ރަސްކަމެވެ. އެހެންކަމުން 7 މާޗް 1954ގައި ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން
މުޙަންމަދު ފަރީދުލްއައްވަލް އިސްކުރެވުނެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1068ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ
ޖުމްހޫރިއްޔާ ޤައިމް ކުރެވުނެވެ. އެއީ 11
ނޮވެމްބަރ 1968
ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ އަލްފާޟިލް އިބްރާހީމް ނާޞިރެވެ. ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ
ވެރިކަމެއް ކުރާދައުލަތެވެ.
ރައްޔިތުންނަށްޓަކައި ރައްޔިތުންކުރާ ވެރިކަމަކީ ޖުމްހޫރީ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ
އުޞޫލުތަކުންނެވެ. އެ އުސޫލުތައް ވާންޖެހެނީ އެޤައުމެއްގެ ޤާނޫނު
އަސާސީގައި ބަޔާންވެ އެނގެން
އޮންނަ
އުޞޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާ،
ރައްޔިތުންގެ ތެރެއިން ގިނަ
ބައެއްގެ
ތާޢީދާއެކު އިންތިޚާބު ކުރުމެވެ.
ނެގީ:
No comments:
Post a Comment