Sunday, April 20, 2014






އަމިއްލަ ސޭންޑްވިޗެއް ނުކެވޭނެ
(މަނަދޫ ލައިވް އިން ނަގާފައި)
ގާނޫނީ ވަކީލުންގެ ދެމީހުން ރެސްޓޮރަންޓަކަށް ވަދެ ދެތަށި ކަރާފަންޏަށް އޯޑަރު ދިނެވެ. ވޭޓަރު ދުރަށް ޖެހިލުމުން އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރޭން ބަންދުކޮށްފައި އޮތް ދެ ސޭންޑްވިޗް ނަގައިގެން ކާންފެށިއެވެ. 
މިތަން ފެނިގެން ރެސްޓޮރަންޓުގެ ސަރުދާރު އައިސް ވަރަށް އަދަބުވެރިކަމާއެކު ވަކީލުންނަށް ދެންނެވިއެވެ. “ބައްލަވާ! މިތަނުގައި ތިބޭފުޅުންގެ އަމިއްލަ ސޭންޑްވިޗެއް ނުކެވޭނެ.” 
މިހެން ބުނުމުން ދެވަކީލުން އެކަކު އަނެއްކަކަށް ބަލާލުމަށްފަހު، ކޮންމެ މީހަކުވެސް އަތުގައި އޮތް ސޭންޑްވިޗް އަނެއްމީހާއަށް ބަދަލުކޮށްލިއެވެ.

No comments:

Post a Comment