ޗެޓު
ފަންވަތުގައި ބިންމާ އިބްރާހީމް ވަޙީދު 20 ސެޕްޓެމްބަރ 2012ވަނަ
ދުވަހު ލިއުއްވާފައިވާ ވާހަކަ އެއް
ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައި
ބިންމާ އިބްރާހީމް ވަޙީދު
އަހަރެންގެ އޮފީހަކީ، ސައުވީސް ގަޑިއިރު ހުޅުވާފައި
ހުންނަ އޮފީހެކެވެ. ކިތަންމެ
ރެއަކު އަހަރެން
ހޭލާހުންނަން ޖެހެއެވެ. ބައެއް ދުވަސްދުވަހު ގެ އަށް ދެވޭނީ ހައިހޫނުކަން ފިލުވާށާއި ނިދަން އެކަންޏެވެ. އެހެން ހުރިހާ ވަގުތަކު އުޅެންޖެހެނީ އޮފީހުގަ އެވެ. އޭގެ
ސަބަބުން، ރަށުތެރެއަށް ނުކުމެ،
އަހަރެން
ފުރައިގެ، ފުރާވަރުގެ އެހެން ފިރިހެނުން ފަދައިން ބުރެއްޖަހާލާކަށް ވެސް ވަގުތެއްނުލިބެ އެވެ. ނަތީޖާއަކަށްވީ ހުސްހަށިބަޔަށް ހުންނަންޖެހުމެވެ. އުމުރުން ނަވާރަ
އަހަރު ވީއިރު ވެސް އަހަރެންގެ
ލޯބިވެރިއެއް
ނުހުރެއެވެ.
އޮފީހުގައި ލިބޭ ހުސްވަގުތުތަކުގައި، ޗެޓު ކުރުމަކީ
އަހަރެންގެ އާދައެކެވެ. އެމްއެސްއެން
އަކީ އަހަރެންގެ
ހަށިގަނޑުގެ ކާނާ އެވެ. ރައްޓެހިންނާ އެކުގައި ސަޔަށް ދިޔުމަށް ލިބޭ އެތައް ފުރުޞަތެއް ގެއްލުވާލާފައި ވެސް އަހަރެން ޗެޓުކުރަން އިންނަމެވެ. އަދި، ސަޔަށް ދިޔަސް،
ދޭތެރެއަކުން އަހަރެން އިންނަނީ، ފޯނު
މެދުވެރިކޮށް
ޗެޓުކުރާށެވެ. އާއިލާ އާއި ރައްޓެހިންނަށް
ވާހަކަދެއްކުމަށްޓަކައި
ގެންގުޅޭ އީމެއިލް އެޑްރެހުގެ އިތުރަށް، އެހެން ދެތިން އެޑްރެސް އަހަރެން ގެންގުޅެމެވެ. އެއީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އެ އަށް އަހަރެން ކިޔަނީ
ސީކްރެޓް އެޑްރެސް އެވެ.
އެކި މީސްމީހުންގެ ތެރެއިން، ފެތުރިގެން
އަންނަ އީމެއިލްތަކުގައި، ވަރަށް ގިނަ
އީމެއިލް
އެޑްރެސް ހުރެއެވެ. އަހަރެންނަކީ ކާކުކަން ނާންގާ ޗެޓުކުރަން ބޭނުންވާ މީހުންގެ އެޑްރެސް ލިބޭ
ބާޒާރަކީ އެއީ އެވެ. ރީތިހެން ހީވާ
އެޑްރެސް
ނަގާފައި، ދައުވަތުދެނީ އެވެ. ގިނަ މީހުން ޖަވާބެއް ނުދޭނެ އެވެ. މަދުމަދުން، ބައެއް މީހުން، އެ މީހުންގެ
ލިސްޓަށް އަހަރެންގެ އެޑްރެސް
އެއްކުރެއެވެ.
އަހަންނަކީ ފިރިހެނެއް ކަމުގައި ވިޔަސް، ބައެއް
މީސްމީހުންނާ އަހަރެން ވާހަކަދައްކަނީ
އަންހެނެއް
ކަމުގައި ހެދިގެންނެވެ. އެއީ ވަރަށް މަޖާކަމެކެވެ. މުނިފޫހިފިލާ ކަމެކެވެ. އެހެން މީހުންނަށް ލަނޑުދިނުމަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. އެކަމަކު،
އަހަންނަށް ލަނޑެއް ނުލިބޭނެކަމުގެ
ފުރިހަމަ
ޔަގީންކަން އަހަންނަށް އޮވެއެވެ. ލިބިފައިވާ ތަޖުރިބާ އާއި އަހަރެންގެ ކުޅަދާނަކަމުންނެވެ. އަހަންނާ ވާހަކަދައްކަނީ ކޮން ޖިންސެއްގެ، ކާކުކަން ހޯދޭނެ ކިތަންމެ ހުނަރެއް
އަހަންނަށް ވަނީ ލިބިފަ އެވެ.
އެއްދުވަހަކު ލިބުނު އެޑްރެހެކެވެ. އެއީ އަންހެން
ނަމެއްގެ ފަހަތަށް، ހިސާބުގެ ދެއަކުރު
އިތުރުކޮށްގެން
ހަދާފައިވާ ނަމެކެވެ. އެހެންނަމަވެސް، އެއީ ފިރިހެނަކަށް ވެސް ވެދާނެ އެވެ. އަހަރެން ހުރީ އެ ކަމަށް ހުޝިޔާރުވެގެންނެވެ. އަހަރެންގެ ނަން ގަބޫލުކުރުމަށް އޭނަ އަށް ހުށައެޅި
ދަޢުވަތު، ވަގުތުން އޭނަ
ގަބޫލުކުރި އެވެ.
މާނަ އަކީ، އެ ވަގުތު އޭނަ އިނީ ނެޓަށްވަދެ އެވެ. އޮންލައިންވެގެންނެވެ. ވަގުތަކީ ދަންވަރެވެ. އެއިން އެނގުނު އެއްޗަކީ، އެއީ ޒުވާނެއް ކަމެވެ. އުމުރުން
ދުވަސްވެފައިވާ ވަރަށް މަދު މީހަކު ނޫނީ އެ ގަޑީގައި އޮންލައިނެއް ނުވާނެ އެވެ. އަހަރެން ވާހަކަދައްކަން ފެށީމެވެ. އަމިއްލަ އެއްވެސް މަޢުލޫމާތެއް އޭނަ
ނުދިނެވެ. ފޮޓޯއެއް ނުފޮނުވި އެވެ. ހިތަށްއެރި އެވެ. މަހެއް ފަހާލެވޭ ވަރުގެ މަހެއް ހަމަ ހުރެދާނެ އެވެ.
ޖެހިގެން އައި ދުވަސްތަކުގައި، އެ ނަން،
އަހަންނަށް ވަރަށް ގަޔާވާ ނަމަކަށް ވި
އެވެ.
އޮންލައިންވެފައި، އެންމެ ފުރަތަމަ ވެސް ބަލައިލެވެނީ "އޭނަ" ކޮބައިތޯއެވެ. ހަމަ އެ ފަދައިން، އޭނަ
ވެސް އަހަންނަށް ޚާއްޞަ ސަމާލުކަމެއް
ދޭތަން
ފެންނަންފެށި އެވެ.
އަހަރެން
އާންމުކޮށް އޮންލައިންވާ
ގަޑި އަށް އޭނަ އިންތިޒާރުކުރާކަން ޔަގީންވާފެށި އެވެ. ދެމީހުންގެ ހިތުގައި ލޯބީގެ ހުޅުކޮޅު، މަޑުމަޑުން ރޯވެ އަނދަންފެށި އެވެ. އިސާހިތަކު އަލިފާންގަނޑަކަށް ބަދަލުވެ،
ދެން އަލުން ނިއްވާލަން އުނދަގޫވާންފެށި
އެވެ. އެ ވަރުން ވެސް، އަހަރުމެން ދެ މީހުންކުރެ އެކަކުގެ ވެސް، ޒާތީ އެއްވެސް މަޢުލޫމާތެއް ބަދަލެއްނުކުރަމެވެ. ދެމީހުން ވެސް ބޭނުންވީ އެ ކަން
"ސަޕްރައިޒް" އެއްގެ ގޮތުގައި ބޭއްވުމަށެވެ. ނުވަތަ، ބައްދަލުވާ ދުވަހަކުން އެ ވާހަކަ
ކިޔާދޭން ލަސްކޮށްލުމަށެވެ.
އޭނަ އަކީ، އަހަންނަށް ވުރެ ހަގު
އަންހެންކުއްޖެއްކަން އޭނަ ބުނަމުންގެންދިޔަ އެވެ. ސާބިތުކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ވާހަކަދައްކާ ވަގުތު ކެމެރާ ޖެއްސުމެވެ. އެ ކަމަށް އޭނަ
އުޒުރުވެރިވި އެވެ. އަހަރެން ވެސް ކެމެރާ
ގެންގުޅެމެވެ. އަހަރެން
ފެންނާކަށް ބޭނުމެއްނުވި އެވެ. "ސަޕްރައިޒް" ގެއްލިދާނެތީ އެވެ. ދެމީހުން ވެސް އެކަކުއަނެކަކަށް ސިފަ ކިޔައިދެމެވެ. އަނެކާ އަށް ކުރެހުނު ގޮތަކަށް އެ
ތަސްވީރު ހިތުގައި ކުރަހަންވީ އެވެ. އެކަމަކު، އަހަންނަށް އޭރު ވެސް އެނގޭ އެއްޗަކީ، އަހަރުމެން ދެމީހުންގެ ޖިންސަކީ ކޮބައިކަން ދެމީހުންނަށް ވެސް
ކަށަވަރުކޮށް ނުދެވޭނެ ކަމެކެވެ. ކުރެވޭނީ ހީއެކެވެ. އުންމީދެކެވެ. ފަހަރެއްގައި ފޮޓޯ ދެއްކި ނަމަވެސް، އެއީ ކާކުގެ ފޮޓޯއެއްކަން އެނގޭނީ ކިހިނެތް
ހެއްޔެވެ؟ ޗެޓުކުރާއިރު އޮންނަ
އެންމެ ބޮޑު
ބިރަކީ އެއީ އެވެ.
އަހަރުމެން ދެމީހުން ދެކޭގޮތުގައި، ރީތި ސިފަ އަކީ
އެންމެ މުހިންމު ޝަރުތެއް ނޫނެވެ. މުހިންމީ މިޒާޖެވެ. އެ ބުނެވެނީ ކިހާ ހިތި ޙަޤީޤަތެއްކަން އެކަކަށް ވެސް އޭރަކު ނޭނގެ އެވެ. އެ ލޯބީގެ ގުޅުމަށް
3 އަހަރުވުމަށް ކައިރިވަމުން
އައިއިރު،
އަހަރުމެން ދެމީހުން ހިތުން، އެކަކު އަނެކަކު ދަސްވެއްޖެ އެވެ. ވުމާއެކު، ތިން އަހަރު ފުރޭ ދުވަހުގެ ރޭ
ބައްދަލުކުރުމަށް އެއްބަސްވެވިއްޖެ
އެވެ. މުހިންމު
ތާރީޚެކެވެ. ނޭވޭ ހިފާއްޓާލަންޖެހޭ ވަގުތެކެވެ. ރައްޓެހިވެގެން، އެކަކުއަނެކަކަށް ފެނިދެނިވެ އުޅޭތާ އެތަކެއް އަހަރު ވާއިރު ވެސް މި އޮންނަނީ ދެމީހުން ދަސްނުވެފަ
އެވެ. ލޮލަށް ނުފެނި ދެމީހުން
ދަސްވެއްޖެކަމުގައި
ނިންމުން އެއީ ކިހާ ސޭކުކަމެއްކަން އޭރަކު
އަހަރުމެންނަކަށް
ނޭނގެ އެވެ. ލިބިފައިވާ ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.
ބައްދަލުކުރުމަށް އަހަރުމެން ކަނޑައެޅީ އާރޓިފިޝަލް
ބީޗުގައި ހުންނަ ރެސްޓޯރަންޓެއްގެ
މޭޒެއް
ކައިރިންނެވެ. މޭޒު ރިޒާވްކުރީ އޭނަ އެވެ. މޭޒުގެ ނަންބަރާއި، ރެސްޓޯރަންޓުގެ ނަމާއި، ބައްދަލުކުރާ
ވަގުތު ހަމަޖެއްސީ ވެސް އޭނަ އެވެ. އަދި، ސަލާމަތަކަށްޓަކައި، އަހަރުމެން ދެމީހުން ލައިގެން ތިބޭނެ ހެދުމުގެ ކުލަ ކިޔައިދިނީމެވެ. އޭގެ އިތުރަށް،
ޔަގީންކުރުމަށްޓަކައި، އޭނަގެ ބޮލަށް
ޖަހާފައި
ހުންނާނީ ކޮން ކުލައިގެ، ކިހިނެތް ހުންނަ އެއްޗެއްކަން ވެސް އޭނަ ބުނެދިނެވެ. ދެލޯބިވެރިން އަނގަބަހުން
ދައްކާނެ ހުރިހާ ވާހަކައެއް
ދެއްކުމުގައި
ތިން އަހަރު ވޭތުކޮށްފައި، ހަތަރުކަޅި ހަމަވުމުގެ ވަގުތު އައިސް ޖެހެނީ އެވެ. އަހަންނަށް އެނގެނީ އަހަރެންގެ ހާލެވެ. ހިތް ހީވަނީ ހަށިގަނޑު ފަޅާލާފައި ބޭރަށް
ފުންމާލަފާނެހެންނެވެ.
ގެ އަށް އައިސް
ފެންވަރަން ވަންނަނިކޮށް، އިނާޔާ ގޮވާލި އެވެ. އެއީ އަހަރެންގެ އެއްބަނޑުއެއްބަފާ
ކޮއްކޮ އެވެ.
"ޓިއުޝަނަށް ދާށޭ ކިޔާފަ މަންމަ އަށް އޮޅުވާލައިގެން
މި އުޅެނީ. ހިނގާބަލަ އަހަރެން
ތަނަކަށް
ވައްޓާލަން." އޭނަ ބުންޏެވެ. "މަންމަ ގާތުގަ ނުބުނައްޗޭ!"
އެއީ
ސިއްރުކުރެވިދާނެ ކަމެކެވެ. އެކަމަކު، ދާން އެ އުޅެނީ ކޮންތާކަށްކަން އަހަންނަށް
އެނގެންޖެހޭނެ އެވެ.
"ދެން ސާބަހޭ ބޭބޭ! މި އުޅެނީ ބިޓާ މީޓުކުރަންވެގެން. އެނގޭތަ، އޮންލައިނުން އަހަރުމެން ދިމާވީ. މި ރޭ މީޓުކުރަނީ.
ތިރީ ޔިއާސް ވާނެ މި ރެ އަށް." ކޮއްކޮ ބުންޏެވެ.
އެ ހިސާބުން އަހަރެންގެ ފައިދަށުން ހީވީ
ބިންގަނޑު ދެމިގަތް ހެންނެވެ. އިނާޔާ
ލައިގެން ހުރީ
"އޭނަ" ބުނި ކުލައިގެ ޓޮޕެވެ. އޭނަ ބުނި ކުލައިގެ ޖިންސެވެ. ނުވާތާކަށް، އިނާޔާ ބޮލަށް ޖަހާފައިވަނީ
ވެސް އޭނަ ބުނި ޑިޒައިންގެ، އެ
ކުލައިގެ
އެއްޗެވެ. އަހަރެން ގަނޑުވި ކަހަލަ އެވެ. ތިމާ ވަރުގެ މީހަކު ނެތިގެން، އެހެން މީހުނަށް ލަނޑުދީފައި
އެއީ މަޖަލަކަށް ހެދި މީހާ އަށް ކުރެވުނީ، ދުނިޔެމަތީގައި މީހަކަށް
ކުރެވޭނެ އެންމެ ލަދުވެތިކަންތަކުގެ
ތެރެއިން އެއް
ކަންތަކެވެ. އެއްބަނޑުއެއްބަފާ ކޮއްކޮދެކެ ލޯބިވުމެވެ. އެހެންނަމަވެސް، ވަގުތު ފާއިތެއްނުވެ އެވެ. ނަސީބަކުން، އަހަރެން އޭރު ހުރީ ތައްޔާރުނުވެ އެވެ. ވުމާއެކު، އިނާޔާ
އަށް ޝައްކުވާނެ އެއްވެސް ފުރުޞަތެއް
ނެތެވެ.
އަހަރެންގެ ލަދަށް ވުރެ ވެސް ބޮޑީ ހިތަށް ކުރި އަސަރެވެ. އިނާޔާ އަށް ލިބޭނެ ހިތްދަތިކަން ހިތަށްއަރާފަ
އެވެ. އިނާޔާގެ ބިޓެއް ނާންނާނެކަން
އަހަންނަށް އޭރު
ވެސް ކަށަވަރެވެ. އޭނައަކަށް ނޭނގެ އެވެ.
އެ ބުނި ރެސްޓޯރަންޓުގެ މޭޒާ ހަމައަށް
އިނާޔާ ގެންގޮސްދިނީ ވެސް އަހަންނެވެ. ހިތަށްކުރާނެ އަސަރު އެހެން މީހަކަށް ނުވިސްނޭނެ އެވެ. ފަހުން ގުޅާލީމަ ބޭބެ އަންނާށޭ ބުނީމަ އަހަރެން ދިޔައީ
އެވެ. އިނާޔާގެ ލޯމަތިން އަހަރެން
ގެއްލުނު
ކަމުގައި ވިޔަސް، އަހަރެންގެ ލޯމަތިން އިނާޔާއެއް ނުގެއްލެ އެވެ. ދުރުގައި ބަލަހައްޓައިގެން އަހަރެން
ހުރީ އެވެ. އަހަރެން ނުދިޔުމުން،
އަހަރެންގެ ގޮނޑި
ހުރީ ފަޅަށެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އުފަލާއިމަޖަލުގައި ކަންކަން ކުރަމުންދާއިރު، އެ ކަމުން ނުކުމެދާނެ ހިތްދަތި ނަތީޖާ އަށް އަހަރެން ނުވިސްނީ
ކީއްވެ ހެއްޔެވެ؟ އެހެން
ހިތަށްއަރަން މާ
ބޮޑަށް ވެސް ލަސްވެއްޖެ އެވެ. ޗެޓުކުރުމުގެ ވަރަށް ގިނަ ތަޖުރިބާތަކަކާއި ހުނަރެއް ލިބިފައިވާކަމަށް އަހަންނަށް ހީވީ އެވެ. ހުޝިޔާރުހެން ވެސް ހީވީ އެވެ. ބުއްދީގެ
ޒައްރެއްގެ މިންވަރު ވެސް
އަހަރެންގެ
ކޮބައިހެއްޔެވެ؟ މިހެން ވެދާނެހެން ހީވެސް ނުވީ ކީއްވެ ހެއްޔެވެ؟
ނިމިއްޖޭ ކިޔައި ދޮގުހަދާފައި ކޮއްކޮ ގުޅުމުން
އޭނަ ބަލާ އަހަރެން ދިޔައީމެވެ. އޭނަ
އަށް
ނުވިސްނުނަސް، އަހަރުމެންނަށް ދެއްކިފައިވާ "ހުތުރު" ވާހަކަތަކުގެ ސަބަބުން، އިސްއުފުލާލާ ބަލާލަން ވެސް
އަހަންނަށް ހުރީ އުނދަގޫވެފަ އެވެ. ރޮވިފައިވާތީވެ، އެ މޫނު ބޭބެ އަށް ނުދެއްކުމަށްޓަކައި އިނާޔާ ވެސް ހުރީ އިސްޖަހާލައިގެންނެވެ. ނަސީބަކުން،
އަހަރެންގެ މޫނަކަށް އިނާޔާ ނުބަލަ
އެވެ. ގެ އަށް
އައި މަގުމަތީގައި، އެކަކު ވެސް ވާހަކައެއް ނުދައްކަ އެވެ. އެ ހިސާބުން އެ ކުޅިގަނޑު ނިމުނީ އެވެ. އަހަރެން ހޭއެރީ އެވެ. އެކަމަކު، އެތައް މަހެއް ވަންދެން ކޮއްކޮ އިނީ
ނެގިމަޑުވެފަ އެވެ. އޭނަ ހަމައަކަށް
އެޅުނީ ވަރަށް
ގިނަ ދުވަހުންނެވެ. އެހެންވިޔަސް، އެ ވޭން އަބަދު ވެސް މި ބޭބެގެ ހިތުގައި އަޅާނެ އެވެ. ހިތާމަ އަކީ، މައާފުކުރާށޭ ވެސް ކޮއްކޮ ގާތުގަ ބުނެވެން ނެތްކަމެވެ.
-------------
No comments:
Post a Comment