Sunday, April 13, 2014



ނަސޭޙަތެއް
މުޙައްމަދު ނާޝިދު، ފޭރުމާގެ / ރ. ރަސްމާދޫ

          ތިމާޔާ އަދި އެހެންމީހުން ކުރާ ކަންތައް ބަލަން ވާނޭ
                    ދިމާޔަށް ފެންނަހާ ގޮތްތައް ރަނގަޅުތޯވެސް ބަލަންވާނޭ
          ނަމާ އަބުރާ މޮޑެވިދާނޭ ތިމާހޭލުން ނުވާނަމައީ
                    ޖަމާޢަތުގައި ޤަދަރުނެތިދާނެހެން އުޅެގެން ނުވެސްވާނޭ
          މިތާގައި ފެންނަހާ ދަޅައެއް އެއީ މާމޮޅު ކަމެއްކަމުގައި
                    ހިތާ ދީލާލުމީ ކޮށްގެން ވެދާވަރު ހެޔޮ ކަމެއްނޫނޭ
          ދިމާއަށް ފެންނަހާ ކަންތައް ބަލާ ރަނގަޅަށް ފިކުރު ހިންގާ
                    "ކަމާނުބެހޭ" އެފަދަކަންތައްތަކުން ރެކި މިންޖުވާންވާނޭ
ތިމާގެ ވެރިންނަށާ މާތް މީހުނަށް ވިސްނާ ފިކުރުކުރަމުން
                    ތިމާ ކަންތައްކުރަންވާނީ ނިކަން ވިސްނުންތެރިވެގެންނޭ
          ނަމާދުގެ ވަޤުތުތައް ފާއިތުވެގެންދާއިރު "ކުޅެންތިބުމީ"
                    ޒަމާނުގެ އާދައެއްކަމުގައި ބަލަން މަ ކޮޔާ ނުވެސްވާނޭ
          އަމާން ކަމުގައި މިވާ ރަށްތައް ސަލާމަތްކަން މަތީ ބާއްވަން
                    ދިމާވާ ކަންތަކާމެދުގައި ނިކަން ކެރިގެން ތިބެންވާނޭ
          އަމާން ކަނޑުގައި މިވާ ރާއްޖޭގެ ކަންތައްތައް އޮމާން ކުރުމަށް
                    ޖަމާޢައްތައް ރުހޭފަދައިން އެކަކުކަމުގައި "މަ" ވާންވާނޭ

No comments:

Post a Comment