Friday, April 18, 2014



ޢަބްދުﷲ ނަޢީމް އިބްރާހީމް
ރޭލު އިސްޓޭޝަނެއްގައި ތިބި ދެ މީހުންނެވެ. އެތަނުން އެކަކު ސުވާލުކޮށްލިއެވެ.
"ގަޑިން ކިހާ އިރެއް ވެއްޖެ؟" އަނެއް މީހާ ބުންޏެވެ. "ޖަހައި ފަހެއް ހިނގައިފި."
ސުވާލުކުރި މީހާ ތުން އަނބުރައިލައިފައި ދުރަށް ހިނގައްޖެ އެވެ. ކުޑަ އިރުކޮޅެއް ކޮށްފައި އަނެއްކާ ވެސް އައިސް އަހައިފި އެވެ. "ގަޑިން ކިހާ އިރެއް ވެއްޖެ؟" އެ މީހާ ޖަވާބު ދިނެވެ. "ޖަހައި ފަނަރަ ހިނގައިފި."
ސުވާލުކުރި މީހާ ނުރުހުންވެފައިމެ އެއްވެސް އެއްޗެއް ނުބުނެ ދުރަށް ހިނގައްޖެއެވެ. ކުޑަ އިރުކޮޅަކަށްފަހު އަނެއްކާވެސް އައިސް އަހައިފި އެވެ. "ގަޑިން ކިހާ އިރެއް ވެއްޖެ؟" އެ މީހާ ޖަވާބު ދިނެވެ. "ޖަހައި ވިހި ހިނގައިފި."
މި ފަހަރު އޭނާއަކަށް ރުޅިގަނޑު މައިތިރިއެއް ނުކުރެވުނެވެ. ވަރަށް ބޮޑަށް ރުޅިއައިސްފައި ބުންޏެވެ. "ތިޔަ ކުރަނީ ކޮން ޖެއްސުމެއް؟ ގަޑިން ވީ އިރެއް ބުނަން ބޭނުން ނޫނިއްޔާ ނުބުނީމާ އެ ވީނު. ޖެއްސުންކުރާނެ ކަމެއް ނެތެއްނު. އަހާއިރަށް ޖަހައި މިވެނި ވަރެއް ހިނގައިފިޔޭ އެބަ ބުނޭ. ޖަހައިގެން އުޅެނީ ކިތައް ކަމެއް ނުބުނޭ.
އެ މީހާ މަޑުމައިތިރިކަމާއެކު ބުނެލި އެވެ. "ޖަހައިގެން އުޅެނީ ކިތައް ކަމެއް އަހަންނަކަށް ވެސް ނޭނގޭ.
މި ގަޑިއަކު ކުޑަކައްޓެއް ނެތް."
--------------------------

No comments:

Post a Comment