ޓެކްސީ ޤަވާޢިދަށް
ނޫނެކޭ ބުނުން
އާމިނަތު އަމިޒާ
ޚަލީލު
ޓެކްސީ ކުރުމުގެ ޤަވާޢިދާއި ދެކޮޅަށް ޑްރައިވަރުން އިޙުތިޖާޖު
ކުރަމުންދާއިރު، އުފެދޭ ސުވާލަކީ ޑްރައިވަރުން އިޙުތިޖާޖު މި ކުރަނީ ކޮންކަމަކާ
ބާވައެވެ؟ ޚިދުމަތެއް ދިނުމުގައި ދެ ފަރާތުގެ ޙައްޤު ހިމެނޭނެ ކަމީ ޝައްކެއް އޮތް
ކަމެއްނޫނެވެ. އެހެންކަމަށްވާނަމަ ދެފަރާތުގެ ޙައްޤު ޙިމާޔަތް ކުރުމުގެ ގޮތުން
ޓްރާންސްޕޯރޓް އޮތޯރިޓީން ހައްދަވާފައިވާ ޤަވާޢިދާއި ދެކޮޅަށް ޑްރައިވަރުން
އިޙްތިޖާޖުކޮށް ހާމަމުންޑި ކުކުޅުތަކެއްހެން ފުއްޕަން ޖެހޭ ސަބަބެއް އެބަ
އޮތްތޯއެވެ.
މި ޤަވާޢިދުގައި
ބުނަނީ:
·
ޓެކްސީގެ މަތީގައި ކުރިމަތިން ފެންނާނެހެން ދިއްލޭގޮތަށް “ބޯޑެއް ހުރުން، (ދަތުރެއްގައި ނަމަ
ރަތްކުލައިން ދަތުރެއްގައި ނޫންނަމަ ފެހިކުލައިން ދިއްލިފައި ހުރުން.)
·
ޓެކްސީގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ
ގޮތަކަށް އެ އުޅަނދަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށް
·
ޓެކްސީ ކުރާ އުޅަނދުގައި ކުރީ ސީޓަށާއި
ފަހަތު ސީޓަށް އަރައި ފޭބޭގޮތަށް މަދުވެގެން ހަތަރު ދޮރުފަތް ހުރުމާއެކު ޖާގައިގެގޮތުން
ތަނަވަސް ޑިކީއެއް ހުރި އުޅަނދަކަށްވުން
·
ޓެކްސީ ކުރުމަށް ހުއްދަކޮށްފައިވާ ސްޓިކަރ ވިންޑްސްކްރީންގައި ފެންނަން ހުރުން
·
ޓެކްސީގެ ދެ އަރިމަތީގައި ބޭރަށް ފެންނަން ހުންނާނެހެން އެ ޓެކްސީއެއް ޚިދުމަތްދޭ
ސެންޓަރުގެ އާންމު ނަމާއި ފޯނު ނަންބަރު ލިޔެފައި ހުރުން.
·
ޓެކްސީ ޑްރައިވަރުގެ ޓެކްސީކުރުމުގެ ލައިސަންސް ފަސިންޖަރުންނަށް ފެންނަގޮތަށް
ހަރުކޮށްފައި ހުރުން
މި ދެންނެވި ޤަވާޢިދު ތަކަށް ބަލާއިރު މިކަމުން
ޑްރައިވަރުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް އެބައޮތްތޯ؟ ހަމަ ޔަޤީނުންވެސް ނެތް.
އެހެންކަމަށް ވާނަމަ ޑްރައިވަރުން މި އުޅެނީ ކޮންމެވެސް އެހެންކަމަކާ ހެދިކަން
ވަރަށް ސާފުކޮށް އެބަ އެގެއެވެ.
ކާރަށް އަރާ ޅަފުރައިގެ ޒުވާން އަންހެން ކުދިންނަށް ޢަމަލާއި
ބަހުން ޖިންސީ ގޯނާ ކުރުމާއި، އެއްދަތުރަކަށް ތަފާތު އެތައް ސަރަޙައްދަކުން މީހުން
ލައިގެން އެ ދަތުރުގެ ތެރޭން 3 ދަތުރަށް
ފައިސާ ނަގައި، އެއްދޮނުގައި ދެބުޅި ޖަހާ އުސޫލުން، ނުޙައްޤު ގޮތުގައި ފައިދާ
ނަގަމުން އައި ދޮރުތައް ބަންދުވުމުން ހުޅުނބު ކެހިފައިވާ މަސްތަކެއް ހެން ތެޅިފޮޅެނީއެވެ.
ޑްރައިވަރުންގެ
މި ޢަމަލަކީ އަމިއްލަ ޖީބު "ބައް" ކުރަން ހުޅުވިފައިވާ ދޮރު ބަންދުވެ
ޚިދުމަތް ހޯދާ މީހުންގެ ޙައްޤު ޙިމާޔަތް ކުރަން އުޅުމުން ކުރާ ފިނޑި ޢަމަލެއް
ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.
އަމިއްލަ އެދުމުން ފޯވެފައިވާ ޑްރައިވަރުންނަކީ، އަސާސީ ޢާއްމު ޚިދުމަތެއް ދިނުމަށް
ކުފޫ ހަމަވެފައިވާ ބަޔެކޭ ދެންނެވޭނެ ހަމައެއް ފެނިފައި ނުވާތީ، ޑްރައިވަރުން ވަނީ
ފެއިލް ވެފައި ކަމުގައި ދެންނެވިދާނެއެވެ.
16 އެޕްރީލް 2014
No comments:
Post a Comment