އައިޝަތު ނަޝްފާ،
ވެހި، ހއ. އިހަވަންދޫ
އިބުރާހިމްފުޅަކީ އާންމުކޮށް ނިދި ގިނަ މީހެކެވެ. ލިޔަން
ގަލަން ޖައްސައިލާ ގޮތަށް ވެސް
ނިދިފައި އިނދެ
އެވެ. އަދި ބައެއް ފަހަރު ނަމާދުގައި ސަޖިދައަށް ގޮސްފައި ވެސް ނިދައިފައި އޮވެ އެވެ. މިހެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު ބާޒާރަށް ގޮސް މަސްގަނެގެން ގެއަށް އައި
މަގުމަތީގައި އިބުރާހިމްފުޅު އައީ
ނިދަމުންނެވެ.
ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުގައި ވުމުން ވެރިވެފައިވާ އަނދިރިކަމާއެކު ތަނެއް ދޮރެއް ވަތްކެއްނުވެ އެވެ.
އިބުރާހިމްފުޅު ނިދައިފައި ހުރެ
ތަންކޮޅަކަށް ހިނގައިލައިފައި
ކޮންމެ ވެސް އެއްޗެއްގައި ނުވަތަ ތަނެއްގައި ޖެހުމުން އާފުރިލައިފައި އަނެއްކާ ވެސް ހިނގައިގަތެވެ. މިހެން އައި މަގުމަތީގައި އިބުރާހިމްފުޅަށް ފެނުނީ ނިދައިލަން
ޖައްސައިލާނެ ރަނގަޅު ތަނެކެވެ. ނިދި
އައިސްފައި
ހުރިލެއް ބޮޑުކަމުން ތަނެއްދޮރެއް ނުބަލައި އަރާމުގައި ނިދަންޖައްސައިލި އެވެ.
އިބުރާހިމްފުޅު ނިދަން ޖައްސައިލުމާއެކު ފެންނަނީ
މަގުގެ އެއްފަރާތުން ބަޔަކު
މަސައްކަތެއްކުރަން
އުޅޭ މަންޒަރެވެ. އޭނާއަށް ފެންނަ ފެނުމުގައި އެއީ ގާއަޅަން އުޅޭ ބައެކެވެ. އެހެންވެ އެ ގާތަކުގައި ޖެހިދާނެކަމަށްޓަކައި އަވަހަށް މަގުގެ އަނެއް ފަރާތަށް ޖެހިލި
އެވެ. ނަމަވެސް ނިދީގެ އަސަރު
ވަރަށް ބޮޑަށް
ހުރުމާއެކު އޭނާއަށް ދެވޭ ނުދެވޭ ތަނެއް ނޭނގެއެވެ. އިރުކޮޅަކު ހިނގައިލުމަށް ފަހު އިބުރާހިމްފުޅު ނަގަން އުޅުނު ފައި ޖެހުނު ތަނެއް ނޭނގުނެވެ. އިބުރާހިމްފުޅު އޮތީ
ގާތަކުގެމަތީގައެވެ. އެއް
އަރިއަކަށް
ގާތަކުގެ މައްޗަށް ޖެހިފައެވެ. އިބުރާހިމްފުޅުގެ އަތުގައި އޮތް ރޯމަސް ކޮތަޅު އޮތީ އޭނާގެ މޫނުމައްޗަށް
ޖެހިފައެވެ.
ގާއަޅަން އުޅުނު މީހުންގަނޑު އެމީހުންގެ
ބަހުރުވައިން އަޑުގަދަކުރަން ފެށި އެވެ.
ހުސް
ބިދޭސީންނެވެ. ބަންގާޅީންނެވެ. އެމީހުންގެ އަޑުފައްގަނޑަށް ތަންގަނޑު އެންމެން އެއްވާން ފެށި އިރު
އިބުރާހިމްފުޅުގެ މުޅި މޫނާއި ގައިގައި ވަނީ ހުސް ލެޔެވެ. އިބުރާހިމްފުޅުގެ ލޮލުގައި އަޅައިފައިވާ އައިނު ވެސް އޮތީ އެކި ތަންތަނުން ހަލާކުވެފައެވެ. އޭގައި
ހުރި ބިއްލޫރި ކޮޅުތައް ވަނީ
މޫނުގެ އެކި
ހިސާބުތަކަށް ހެރިފައެވެ. އަދި ގާތަކަށް ވެއްޓުމުގެ ސަބަބުން ވެސް އިބުރާހިމްފުޅުގެ ގައިގެ އެކި
ހިސާބުތައް ވަނީ ހަލާކުވެ ލޭ
އައިސްފައެވެ.
ހީވަނީ އާ ގޮތަކަށް މޭކަޕް ކޮށްފައިވާ މީހެއް ހެންނެވެ. މޫނުން އަންނަ ލެއާއި މަސްކޮތަޅުން ގަޔަށް އެޅިފައިހުރި ލޭތައް އެކުވެގެން އިބުރާހިމްފުޅު ހީވަނީ ލޭކޯރަކަށް
އެރިފައިހުރި މީހެއް ހެންނެވެ. އެތާ ތިބި
މީހުންގަނޑު
އިބުރާހިމްފުޅު ދަމައި ނެގުމަށް ފަހު ކޮޅަށް ބެހެއްޓި އެވެ. އަދި އޭނާގެ ގައިގައި ހުރި މަހު ލޭތަކާއި މިނި ލޭތައް ފިލުވުމަށްޓަކައި އިބުރާހިމްފުޅު ގަޔަށް ފެންޖެހި އެވެ.
ސިއްސައިގެން ގޮސް އިބުރާހިމްފުޅަށް ހޭލެވުނީ މީހަކު
އޭނާގެ ގަޔަށް ލޭފެން ބާލިދީއެއް
އޮއްސައިލުމުންނެވެ.
ވާނީ ވެސް އެހެންތާ އެވެ. އިބުރާހިމްފުޅަށް ނިދަން އަރައި އޮވެވުނީ މަގުމައްޗަށް މީހަކު ނެރެފައިހުރި ބަރޯއަކަށް އަރައެވެ. ބަރޯއަކަށް އަރައި އޮވެގެން
ހުވަފެންތަކާއި މަންޒަރުތައް ފެނުމުން
އިބުރާހިމްފުޅު
ހުރީ އާވާރާވެފައެވެ. އޭނާހުރީ މަހު ލެއިން މުޅިމީހާ ޗަސްވެފައެވެ. އިބުރާހިމްފުޅަށް މި ދިމާވި ކަންތައްތަކާއި އަދި އޭނާއަށް މި ފެނުނު ހުވަފެނާމެދު ވިސްނައިލުމަށް
ފަހު ރުޅިއައިސްގެން އެއްޗެހި
ކިޔަމުން
މަސްކޮތަޅު ހިފައިގެން ދިޔައީ ގެއަށެވެ.
-------------------
No comments:
Post a Comment