Friday, May 9, 2014

Thalassemia dhuvas

http://i1.ytimg.com/vi/3aQvWpnIOgM/0.jpgތެލަސީމިއާ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރުމަކުން ނުފުދޭ. ތެލަސީމިއާ އަކީ ކޮބައި ކަމާއި، މިފަދަ ކުދިން ލިބެނީ ކިހިނެއްވެގެން ކަން، މީހުންނަށް އޮޅުންފިލުވައި ދީ ހޭލުންތެރި ކުރުވަން ބޮޑެތި މަސައްކަތްތަކެއް އެބަ ކުރަންޖެހޭ. މިފަދަ ކުއްޖަކު ލިބުމުން އެ ޢާއިލާއަކަށް ލިބޭ ހިތްދަތި ހިތާމައާއި، ލޭއަޅާ ކުއްޖާ ދުނިޔެ ޢުމުރަށް ކުރަންޖެހޭ ހިތާމައާއި އުފުލާ ވޭން ޢިޙްސާސް ކުރެވެން އެބަޖެހޭ. ތެލަސީމިއާ ބައްޔާއި ބެހޭގޮތުން ގިނަ ފަހަރު ވާހަކަ ދައްކާ އަޑު މި އިވެނީ ފާހަގަ ކުރެވޭ ދުވަހެއްގެ ގޮތުގައި. އަހަރެއްގެ މައްޗަށް ހަމައެކަނި ރާއްޖެއަށް ބެލިކަމުގައި ވިނަމަވެސް 26 ކުދިން އިތުރުވާ ކަމަށް ރެކޯޑުތަކުން ދައްކާއިރު، މިކަމާއި ނުވިސްނައި އަދި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ މި ޢަދަދު 26 އިން 36 އަށް އެރުމަކީވެސް ދުރުގައިވާ ކަމެއްނޫނެވެ. ތެލަސީމިއާ ބަލި ރާއްޖެއިން މަދުކުރުމަށްޓަކައި ޤައުމީ ފެންވަރުގެ މަސައްކަތްތަކެއް ފެށުން މިހާރު މިވަނީ އަވަސް ކުރަންޖެހިފައެވެ. ކަލަންޑަރުގައި ހިމެނި ފާހަގަ ކުރެވޭ މުނާސަބަކަށް ހަދައި ރަތްކުލައިގެ ހެދުމެއް ލުމަކުން ތެލަސީމިއާ ބައްޔަށް ލިބޭ ފަރުވާއެއް ކަމުގައި ނުބެލެވޭނެއެވެ.

No comments:

Post a Comment