Thursday, May 1, 2014

Maadhamaa




އަހަރެމެންގެ މާދަމާ
(މިއީ "ސަން" ނޫހުގައި 30 އޭޕްރީލް 2014 ވަނަ ދުވަހު ޝާއިޢު ކޮށްފައިވާ ލިއުމެކެވެ.) 

ލޮލަކަށް ނުފެނެ އެވެ. ދުނިޔޭގެ އާދަތަކުގެތެރޭން ހިތަށްފެންނަނީ އަހަރެމެންގެ މާދަމާ ވަރަށް ތަފާތު ގޮތަކަށެވެ. މާދަމާ އަހަރެމެން ތިބޭނީ މިހާރު މިތިބިހެން ހަމަޖެހުމާއި ހަމަނުޖެހުމާ ދެމެދު ދެފަރާތަށް ކިރި ކިރިއެއް ނޫނެވެ. އޮންނާނީ ހަމަނުޖެހުމާއި ތަޅާފޮޅުމާ އެއްބަޔަކު އަނެއްބަޔަކަށް ވުރެ ގަދަ ވެވޭތޯ ކުރެވުނު ހުރިހާކަމެއް ކުރުމުގަ އެވެ. އެއީ އެކަމުގައި ގައުމު ބައިބައި ކޮށްލައި އިތުރުގައުމެއް ނުވަތަ ގައުމުތަކެއް އުފެދި ގެން އަޔަސް ފަރުވާލެއްނެތިފަ އެވެ.

އެހެންވާނީ ކިހިނެއްހޭ؟ ސުވާލެއްގެ ގޮތުގައި އަހައިފި ނަމަ ޖަވާބަކީ އަހަރެމެންގައި މިހާރު ގައުމުދެކެ ލޯބިވުން މުޅިންހެން ނެތިފައި ނުވަތަ ނައްތާލެވިފައިވާ ކަމެވެ. ކޮންމެ މީހަކުމެ އެމީހާގެ ފަޅިއާއި ގޮތާއި ކޮޅު މޮޅުކުރުމުގައި އަވަދިނެތިވާން އުނގަންނައިދެވިފައި ވާތީ އެވެ. ހެކިސާބިތުތައް މިހިރަދަނީ މިހާރު ފާޅުވެ ފެންނަމުންނެވެ. ގައުމަށް ޓަކައި ފުކެއްވެސް މިހާރުތިބީން ދޫކުރުމެއް ނެތެވެ. އަންނަން ތިބިމީހުން އަންނާނީ މިހާރުމިތިބަ މީހުންގެ މަސައްކަތު ތަޖުރިބާއާއި ވެސް އެކުގަ އެވެ. ދެންއޮތީ މާޒީ ތަކުރާރު ވުމެވެ. ނުވަތަ އަނބުރާ ގެނައުމެވެ. ޕިޗޯރީންނާއި އައިއާރުއޭ ގެ ކުލީސިފައިންފަދައިންނެވެ. ހުރަވީދުވަހުގެ އެކިވަކި ޖަލްސާތަކުގައި ފަށްފަށްކޮށްފައި ގައުމަށް ވެރިވި ބޭރުމީހުން އައީ، ވެރިވީ، ގައުމުގައި ތިބި ޚާއިނުންގެ ބަޔަކު ގެނައިމާކަމުގައި ބުނަމުން ދިޔަ އެވެ. އެކަމަކު ގައުމުގައި ގައުމުދެކެ ލޯބިވުން ނެތް ނަމަ އެއީ ވާންވީ ގޮތޭ ބުނެ ހަމަޖެހިލައި ހީލައިހަދާ މީހުން މިއަދު މިހާރު އަހަރެމެންގެ ތެރޭގައި އެބަ އުޅޭކަމީ ގިނަބަޔަކު ދަންނަ ބޮޑު ސިއްރެކެވެ. ގައުމު މާބޮދުވެގެން ބައިބައިކުރަން ވިސްނާމީހުން ވެސް ތިބޭކަން އެކިވަކި މީސްމީހުން ދައްކާލާ ވާހަކަތަކުން އެބައިވި ފެނޭވެސް މެ އެވެ. އަމަލީ ގޮތުން ކަމެއް ކުރެވޭނީ ކިހިނެއްތޯ ބަލައި ހޯދާނެ ގޮތަކާއި އެކަމަށް އަމަލީ ސިފަ ގެންނާނެ ދަނޑިވަޅަކަށް ބަލަބަލާ ތިބިބަޔަކު ވެސް ނެތެކޭ ބުނާނެ ޖާގައެއް ދެން މިހާރަކު ނެތެވެ.

އަޑުއެހި ވާހަކަ ދައްކާލުމެއްގައި އެކަކު ބުނެލި އެވެ. އައްޑޫ އަކީ ހަމަ ވަކިން އޮންނަންވީ ވަކި ގައުމެކެވެ. ފުވައްމުލަކާއި އެކުގަ އެވެ. އަނެކަކު ބުންޏެވެ. މިގޮތަށް ވަކިވަކިން ރަށްތަކާއި އަތޮޅުތައް ހުރުމުން އޭގެ ފުރިހަމަ ފައިދާ އެއްމެނަށްވެސް ލިބެން ޖެހެ އެވެ. ލިބޭނީ މިހާބޮޑު އޭރިއާއެއްގެ ބަދަލުގައި ބެލެހެއްޓޭ ވަރުގެ ކުޑަ އޭރިއާ އެއް ވަކި ވެރިކަމެއްގެ ގޮތުގައި އޮވެގެންނެވެ. ތިން ވަނަ މީހަކު އެއަށް އިތުރު ކުރީ ނު ބޭނުންކޮށްގެން އެވާހަކަ ތައް ނަފީ ކުރި ޖުމްލަ ތަކެކެވެ. ތިޔަޚިޔާލު ނުބައި ކަމަށާއި ގައުމުދެކެ ލޯބި ނުވާތީ ގައުމު ހަލާކު ކޮށްލަން ހިތަށް އަރަނީ ކަމުގައި ބުނަމުންނެވެ. ތިޔަހެން ބައިބައި ކުރުމުގެ ބަދަލުގައި އެއްމެން ފިސާރި އެކުވެރިވެ އެކަތި ގަނޑަކަށްވެގެން އެކުގައި އެއްބައިވަންތަކަމާއި އެކު އުޅުނިއްޔާ މާބޮޑަށް ވެސް ރަނގަޅު ވާނެ ކަމުގައި ބުނަމުންނެވެ.

ކޮންމެއަކަސް މިހާރު އަހަރެމެން މިތިބީ ފައްތަރެއްގެ މަތީގަ އެވެ. ވަށައިގެން ބޭރު އަތްތައް އެހީ ތެރިވެ ބާރުދެމުން އެގެންދަނީ އެމީހުންނަށް ފައިދާ ވާގޮތަށް މިގައުމުގެ ހާލަތު ބަދަލުކޮށް ލެވޭތޯ އެވެ. މިހާރު ހުރި ފައިދާވާ ކަންކަމުގެ ބޮޑުބައި އެމީސްމީހުންގެ އަތްމައްޗަށް ދަމައިގަނެ ވޭތޯ އެވެ. އަހަރެމެންގެ ތެރޭގައިތިބި ނުވިސްނޭ މީހުންބޭނުންކޮށް ގެންނެވެ. ގައުމަކީ ކީއްކުރާ ކޮންއެއްޗެއްކަން ނޭނގޭ މީހުންލައްވައި ކަންކަން ކުރުވައި ގެންނެވެ. ވުމާ އެކު މިއީ އަހަރެމެން ވިސްނައި ފިކުރުކުރުމުގައި ފިސާރި ފަރުވާތެރިވެ ހޭލާތިބެން ވީ ދުވަސްވަރެކެވެ. އަހެރެމެންނަކީ ކޮންބައެއް ކަން މިއަދު މުޅި ދުނިޔެހެން ދަނެ އެވެ. ވަށައިގެން ނާއި ދުރުގައި ހުރި އެކި ވަކި ގައުމުތަކުގެ މީހުންތަކެއް އެތިބެނީ އަހަރެމެންގެ ނަސީބާއި ދޭތެރޭ ނުނިޔަތްލައި ދަތްކުނޑި ވިކަ ވިކަ އެވެ. މަސްކަނޑުތަކާއި ރީތި އަތިރިމަތި ތަކާއި ރިހިފަޅުތަކުގެ ސަބަބުން ހަސަދަ ވެރިވެފަ އެވެ. ނަތީޖާ އަކީ އެގޮތުން ނުވިއްޔާއި މިގޮތުން ވެސް މިކަންކަމުން ލިބޭ މަންފާގެ ބައެއް ލިބޭނެގޮތެއް ހޯދުމުގައި އެއެއްމެން އަވަދި ނެތިފައި ވުމެވެ.

މިއިން އެއްވެސް ކަމަކީ އަހަރެމެންގެ މެދުގައި އަހަރެމެންދެކެ ލޯބިވުން އުފެއްދިއްޖެ ނަމަ ބޮޑެތި ކަންކަމެއްނޫނެވެ. އެއިން އެއްވެސް ރޭވުމެއް އެފަދަ ހަސަދަވެރިން ކާމިޔާބު ކުރުމަކީ އެގޮތަށް އެއްބައިވަންތަ ކަމުގައި އަހަރެމެން ތިބެފިނަމަ ވެވޭނެ ކަމެއް ނޫނެވެ. އެއާއި އިދިކޮޅަށް އަހަރެމެންގެ އޮތީ ހަމަ އެކަނި މިއަދު ކަމުގައި ދެކެމުން ޖީބަށްފައިސާކޮޅެއް ވަންނާނެ ކޮންމެ ގޮތަކީ މޮޅު، ރަނގަޅު ގޮތްކަމުގައި ބަލައިފި ނަމަ ކުރިން ބުނެވުނުފަދައިން (އެގޮތްމިންވަރު ނުކުރައްވާށި!)ގައުމު ބައިބައިވުމަކީ ދާދިގާތުގައި އޮންނާނެ ކަމެކެވެ. މިކަމަކީ ދުނިޔޭގެ އާދައިގެ މަތިން އަހަރެމެންގެ ތެރޭންވެސް ކޮންމެވެސް އެއްބަޔަކު ބައިވެރިނުވެ ހިނގައިދާނެ ކަމެއް ކަމުގައި ވެސް ބެލެވޭކަށް ނޯވެ އެވެ. ވުމާއި އެކު ވެރި ކަމުގެ ފަރާތުން ފިސާރި ހަރުދަނާ ހޭލުންތެރިކަމެއް ބިނާކޮށް އެކަހަލަ ނުރައްކަލެއް އަތުވެދާނެ ކަމުގައި އަބަދު ވެސް ބަލަބަލައި ތިބެންޖެހެ އެވެ. ޒަމާނީ ވަސީލަތްތަކާއި ފިކުރީ ހުނަރުތަކުގެ ބޭނުން ހިފައިގެންނެވެ. ޔަގީން ކަމަކީ މިގޮތަށް ކަންކުރެވިއްޖެ ނަމަ (ގެވާގިފުޅާއި އެކު) ހަސަދަވެރިންގެ މައްޗަށް އަހަރެމެން ނަށް ގަދަވެގަނެގެން އެއްބައިވެ އެއްބައެއްގެ ގޮތުގައި ތިބެވޭނެ ކަމެވެ.

ގައުމުގެ ސަލާމަތް ހޯދުމަށް އެއްބައިވަމާހޭ ހެޔޮހިތުން ގައުމުގެ ހަމަޖެހުން ހޯދުމަށް އެއްބަސްވެ އެކަމަށް ވިސްނަމުން ***
 


No comments:

Post a Comment