Friday, May 2, 2014

kuhlli haalathu-------



މަތިންދާ ބޯޓެއްގެ ތެރެއަށް އަންހެނަކު ވިހެއުމުން ބޯޓު އެމަޖެންސީ ހާލަތުގައި ޖައްސައިފި
May 03, 2014 on 09:05:24
 
ނައިޖީރިޔާއިން ފުރައިގެން އިނގިރޭސި ވިލާތަށް ދަތުރު ކުރަމުން ދިޔަ ބްރިޓިޝް އެއާވޭޒްގެ ފްލައިޓެއްގެ ތެރެއަށް އަންހެނަކު ވިހެއުމުގެ ސަބަބުން، އެ ބޯޓު އެމަޖެންސީ ހާލަތުގައި މެޑިޓެރޭނިއަން ކަނޑުގެ ޖަޒީރާ ރަށެއް ކަމުގައިވާ ބަލެއަރިކް އައިލޭންޑްސްއަށް ޖައްސައިފި އެވެ.
ނައިޖީރިޔާއަށް ނިސްބަތްވާ 31 އަހަރުގެ އުޖުންވާ އިނީ އޮޒީ، 36،000 ފޫޓު މަތިން ދަތުރު ކުރަމުން ދިޔަ މަތިންދާ ބޯޓަށް ވިހާފައި ވަނީ، އޭނާގެ ބަނޑަށް އެންމެ 26 މަސް، ނުވަތަ ގާތްގަނޑަކަށް 6 މަހުގަ އެވެ.
އުޖުންވާ ފްލައިޓުގައި އިންދާ، އޭނާގެ ފެން ދުލި ފަޅައިގެން ދިޔުމުގެ ސަބަބުން، އޭނާގެ ކައިރީގައި ތިބި އެހެން ފަސިންޖަރުން ވަނީ ފްލައިޓްގެ ކްރޫއިންނަށް އެ ވާހަކަ އަވަހަށް އަންގާ، އެމީހުންގެ ސަމާލުކަމަށް އެ ކަން ގެނެސްފަ އެވެ.
މި ކަން ދިމާވުމުގެ ސަބަބުން، ކްރޫއިން ވަނީ އިންޓަކޮމް މެދުވެރިކޮށް، ފްލައިޓުގައި ޑޮކްޓަރެއް ހުރިތޯ ބެލުމަށް ގޮވާފަ އެވެ. ކަން ދިމާކުރި ގޮތުން، ފްލައިޓުގައި އަންހެން ޑޮކްޓަރެއް ދަތުރު ކުރަމުން ދިޔަ އެވެ. އެ ޑޮކްޓަރު ވަނީ ކްރޫއިންގެ އެހީގައި އުޖުންވާ ވިއްސާފަ އެވެ.
އުޖުންވާ ބުނީ، އެހައި އަަވަހަށް ވިހާނެ ކަމަށް އޭނާ އަށް ހީ ވެސް ނުކުރެވޭ ކަމަށެވެ.
އަހަރެންނަށް ޤަބޫލެއް ވެސް ނުކުރެވުން، ދަރުފުޅު އެބަ ނިކުމެއޭ ޑޮކްޓަރު ބުނީމަ. އަހަރެންނަށް ރަނގަޅަށް އެ ވަގުތު ހަނދާނެއް ވެސް ނުވޭ. އަހަރެން ހުރީ ބޮޑު ޝޮކެއްގައި.” އުޖުންވާ ބުންޏެވެ. 
ލަންޑަންގެ ހީތްރޯ އެއާޕޯޓަށް ޖެއްސުމަށް ދަތުރު ކުރި މި ފްލައިޓު ވަނީ، މެޑީޓެރޭނިއަން ކަނޑުގައި އޮންނަ ސްޕެއިންގެ ޖަޒީރާ ރަށްތަކެއް ކަމުގައިވާ ބަލެއަރިކް އައިލޭންޑްސްގެ މަޔޯކާއަށް ޖައްސައި، އެ ސިޓީގެ ހޮސްޕިިޓަލަކަށް އުޖުންވާއާއި އޭނާ 6 މަހުގައި ވިހެއި ފިރިހެން ދަރިފުޅު ގެންގޮސްފަ އެވެ.
އުޖުންވާ ބުނީ، އޭނާގެ ދަރިފުޅު ދޫކޮށްލާނީ އަސްލު ވިހެއުމަށް ލަފާ ކުރެވުނު މަސް ކަމުގައިވާ އޯގަސްޓު މަހުގައި ކަމަށާއި، އޭނާ މިވަގުތު ބޭނުންވަނީ އޭނާގެ ފިރިމީހާ ކައިރީގައި ހުރުމަށް ކަމަށެވެ.
އަހަރެން މިހުރީ ކަނު އަނދިރީގައި. ދެން ހަދާނެ ގޮތެއް ނެނގޭ ހޮސްޕިޓަލުން ނިކުމެފަ. އަހަރެން ބޭނުންވަނީ ފިރިމީހާ ސްޕެނިޝް ވީސާ ނަގައިގެން މިކޮޅަށް އައިސް އަހަރުންނަށް އެހީތެރިވާން.” އުޖުންވާ ބުންޏެވެ.
އުޖުންވާއާއި އޭނާގެ ދަރިފުޅު އަދިވެސް މަޔޯކާގެ ހޮސްޕިޓަލެއްގައި އޮތް އިރު، ދަރިފުޅު ވަނީ އައިސީޔޫގައި ބާއްވާފަ އެވެ. އަދި އޭނާގެ ފިރިމީހާ ހުރީ ނައިޖީރިޔާގައި ވިޔަފާރި ކުރުމަށެވެ.
ބްރިޓިޝް އެއާވޭޒްއިން ވާހަކަ ދެއްކި ތަރުޖަމާނު ބުނީ، ނައިޖީރިޔާގެ އަބޫޖާއިން ފުރަިގެން ހީތްރޯއަށް ދަތުރު ކުރި ބޯޓުގައި އަންހެނެއް ވިހެއުމުގެ ސަބަބުން ކެޕްޓަން ވަނީ ފްލައިޓު ޑައިވާޓް ކޮށްފައި ކަމަށެވެ.
އަދި، ފްލައިޓުގައި ތިބި ކެބިން ކްރޫއިންނަކީ މީހުން ވިއްސުމުގެ ތަމްރީނު ވެސް ލިބިފައިވާ މީހުން ކަމަށާއި، ފްލައިޓުގައި ދަތުރު ކުރި ޑޮކްޓަރަށް އެމީހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް ބްރިޓިޝް އެއާވޭޒްގެ ތަރުޖަމާނު ބުންޏެވެ.

No comments:

Post a Comment