Sunday, May 4, 2014

Ijuthimaa'ee sifathakakee koba?



އިސްލާމީ މުޖުތަޢުގެ އިޖުތިމާޢީ ސިފަތަކަކީ ކޮބާ ؟
(ނޯޓް: މި ލިއުމަކީ 2008 އޮކްޓޯބަރ 16 ވަނަ ދުވަހު
އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު  ލިއުއްވާފައިވާ ލިއުމެކެވެ.)

މުސްލިމުން ވާންޖެހޭނީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރި ، ރަޙުމުހުރި ބަޔަކަށެވެ. ފުރައްސާރަ ކުރުމާއި، މަލާމާތްކުރުމުން ދުރުވެގަތުމަށް ﷲ އަންގަވާފައިވެއެވެ. އިސްލާމީ ޖަމާޢަތުގެ އިޖުތިމާޢީ ޙާލަތު ބައްޓަން ކުރަންޖެހޭ ގޮތް ބަޔާންކުރައްވަމުން އަލްޙުޖުރާތު ސޫރަތުގެ 10 -12 ގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. '' މުއުމިނުން ވާކަންކަށަވަރީ އަޚުންތަކެއްކަމުގައެވެ. ފަހެތިޔަބައިމީހުންގެ ދެއަޚުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައި ތިޔަބައިމީހުން މާތް ﷲގެ ކިބައަށް ތަޤްވާވެރިވާށެވެ.  އޭއީމާންވީ މީހުންނޭވެ! ފިރިހެނުންގެ އެއްބައަކު އަނެއްބައަކަށް ފުރައްސާރަ( މަލާމާތް ) ނުކުރާހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަކުރެވުނު މީހުން ( މާތް ﷲ ގެ ޙަޟްރަތުގައި ) މާ ހެޔޮކަން ބޮޑުބަޔަކު ކަމުގައި ވެދާނެއެވެ. އަދި އަންހެނުން އެއްބައަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ އެފުރައްސާރަ ކުރެވުނު މީހުން ( ﷲ ގެ ޙަޟްރަތުގައި މާ ހެޔޮކަން ބޮޑު ބައަކު ކަމުގައި ވެދާނެއެވެ. އަދި ތިއަބައިމީހުންގެ  އެއްބަޔަކު ، އަނެއްބަޔަކަށް ޢައިބު ނުކިޔާށެވެ. އަދި ، އެއްބަޔަކު އަނެއްބައަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާން ވުމަށްފަހު މިނަންގަނެވުނު ކަންތައްކުރުމުން ފާސިޤުވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެކަންތަކުން ތައުބާނުވިމީހުންނަކީ ހަމަ އަނިޔާވެރީންނެވެ. އޭއީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ގިނަ ހީތަކާ ދުރުވެގަންނާށެވެ! އަދި ހަމަ ކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި، ތިއަބައިމީހުން އެކަކު އަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި އެއްބައަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައި މީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. ( ޣީބަ ބުނުމަކީ ހަމަ އެފަދަ ކަމެކެވެ. އަދި ދިޔަބައި މީހުން ( އެކަންތަކުގެ ޢިޤާބަށް ބިރުވެތިވެ ) މާތް ﷲ ގެ ކިބަފުޅަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން މާތް ﷲ އީ ތައުބާ ޤަބޫލް ކުރަށްވާ ރަޙީމު ވަންތަ ރަސްކަލާންގެ އެވެ."
މިހެންކަމުން އެއްވެސް މުސްލިމަކު އޭނާގެ އަޚާއަށް މަލާމާތްކޮށްގެން ނުވާނެއެވެ. މިފަދަ ކަމެއް ކުރެވިއްޖެނަމަ، އޭނާގެ ގާތުން މަޢާފުއެދުމަކީ ރީތި ސިފައެކެވެ. މަޢާފު އެދޭކަން ކޮންމެހެން މީސްތަކުންނަށް އެނގޭކަން ނުޖެހޭނެއެވެ.
ޚާއްޞަކޮށް ސުންނަތަށް ތަބާވެ، ދީނުގެ ޙުކުމްތަކުގައި ހިފައިގެން ތިބި މުއުމިނު، އަޚުންނާއި، އުޚުތުންނަށް ފުރައްސާރަކޮށް މަލާމާތްކޮށްގެން ނުވާނެއެވެ. އެއީ ޙަރާމްކަމެކެވެ. އެމަލާމާތްކުރެވެނީ އެމީހާއަކަށް ނޫނެވެ. ﷲ ގެ ދީނަށެވެ. ނަބިއްޔާ ގެނެސްދެއްވި ރިސާލަތަށެވެ.އިސްލާމް ދީނަށެވެ. މިފަދަ ކަންކަމުން ﷲ އަޅުގަނޑުމެންގެ ޤައުމު ސަލާމަތް ކުރައްވާށި. އާމީން

No comments:

Post a Comment